މާލެ އާއި ވިލިމާލެ އާ ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފިއެވެ.
ބުދަ ދުވަހު ވިލިމާލެ އާއި މާލެއާ ދެމެދު ސީ-އެމްބިއުލާންސްގެ ހިދުމަތް ދިނުމަށްޓަކައި ލޯންޗު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރަމްޒީ ތަޅުދަނޑި ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރު އިބްރާހިމް އަބްދުއްރައްޒާގު ހަލީމްއާ ހަވާލު ކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ ސީ-އެމްބިއުލާންސް ބަލަހައްޓަމުން ގެންދާނީ ވިލިމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗުން ކަމަށާއި، ސީ އެމްބިއުލާންސް ބޭއްވުމަށް ނިންމާފައިވަނީ ވިލިމާލޭގެ ބަނދަރުގައި ކަމަށެވެ.
އަޅުގަނޑުމެން ވިލިމާލެ ހޮސްޕިޓަލު ގާއިމުކުރަމުންދާއިރު، ވިލިމާލޭގައި ސީއެންބިއުލާންސް އޮތުމަކީ ވިލިމާލޭގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް.
ހަލީމް ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވިލިމާލޭގެ ރައްޔިތެއް ކަމުގައިވާ އަހްމަދު ޒާހިރު އޭނާގެ ޝުއޫރު ފާޅުކުރަމުން ބުނެފައިވަނީ، ވިލިމާލޭގައި ސީ-އެމްބިއުލާންސް އޮތުމުން އެކަމުގެ ފަސޭހަ ރައްޔިތުންނަށް ލިބިގެންދާނެ ކަމުގައެވެ.
ކޮމެންޓު ފޮނުވާ