މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ސީއީއޯއަކަށް މަރިޔަމް ފިޒާނާ ރަޝީދު ހަމަޖައްސައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފިޒާނާ އެ މަގާމަށް ހަމަޖެއްސުމުން މަރުހަބާ ކިޔާ ކަމަށެވެ. ފިޒާނާ އެ މަގާމަށް އައްޔަންކުރުމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވަނީ އޭނާއާ ބައްދަލުކުރައްވާފައެވެ.
އެމްކިއުއޭގެ މުވައްޒަފުންނާވެސް އެކުގައި ބޭއްވި އެ ބައްދަލުވުމުގައި މިނިސްޓަރުވަނީ އެކިކަންކަމާއި ގުޅޭގޮތުން މުވައްޒަފުންގެ މަޝްވަރާވެސް ހޯއްދަވާފައެވެ.
އެމްޑީޕީގެ ވެރިކަމުގައި އެމްކިއުއޭގެ ސީއީއޯގެ މަގާމުގައި ހުންނެވީ ޑރ. އަބްދުލް ހަންނާން ވަހީދެވެ.
ފިޒާނާ ވަނީ މީގެ ކުރިން އެ އެމްކިއުއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ފިޒާނާއަކީ އަކީ އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ އެއްބަނޑު އެއްބަފާ ދައްތައެވެ.
އޭނާ ވަނީ މީގެކުރިން މޯލްޑިވްސް ނެޝަނަލް ޔުނިޔާސިޓީގެ އެޑިއުކޭޝަން ފެކަލްޓީގެ ޑީންގެ މަގާމުވެސް ފުރުއްވާފައެވެ.
ކޮމެންޓު ފޮނުވާ