ދިޔަވި ލޯންޗަށް އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށް ދީފި

ދިޔަވި ލޯންޗަށް އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށް ދީފި

Author
ހުސެއިން
01 ޖެނުއަރީ 2024 09:43
0
ތ.ބުރުނީގެ 4 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ "އެމްއާރުސްޕީޑް" ނަމަކަށް ކިޔާ ލޯންޗެއް ދިޔަވެ ގެއްލުންވުމުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކުޑަހުވަދޫ ޕޯސްޓްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެމްއެންޑިއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމުގައެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ "އެމްއާރުސްޕީޑް" ލޯންޗު މިހާރު ވަނީ ތ.ބުރުނީ އަށް ރައްކާތެރިކަމާއެކު ގެންދެވިފައިވާކަމުގައެވެ.
އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރާގައި ކަނޑުމަތީގެ އެކިހާދިސާތައް ދަނީ ކުރިމަތިވަމުންނެވެ.
އެމްއެންޑީއެފް އަދި ފުލުހުންވެސް ވަނީ މިދުވަސްވަރު ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.