ވިއްސާރައާއި ގުޅިގެން ބުރިޖުގައި ދުއްވާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފި!

ވިއްސާރައާއި ގުޅިގެން ބުރިޖުގައި ދުއްވާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފި!

Author
ހުސެއިން
31 ޑިސެމްބަރ 2023 05:56
0
ގަދަ ވަޔާއެކު ކުރަމުންދާ ވިއްސާރަ އާ ގުޅިގެން ބުރިޖު އަދި ހައިވޭގައި، ފެންބޮޑުވެ ވަޔާ ވެއްޔާއެކު ކުނި އަންނަމުންދާތީ، ބުރިޖު އަދި ހައިވޭ ބޭނުންކުރައްވާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ
ފުލުހުން ކުރި އެކްސް ޕޯސްޓެއްގައި އެދިފައިވަނީ، ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރުތަކަށް ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުމަށެވެ.

މުޅިރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން، މޫސުމަށް ސަމާލުވުމަށް އަންގާ ހުދު ސަމާލުވެސް މެޓް އޮފީހުން މިއަދުވަނީ ނެރެފިއެވެ.

މެޓު އޮފީހުން ހުދު ސަމާލު ނެރެފައިވަނީ މެންދުރު ފަހު 1:30އާއި ހަމައަށްނަމަވެސް އަދިވެސް މާލެއަަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. މެޓުން ބުނީ މުޅި ރާއްޖެއަށްވެސް ވިއްސާރަކުރަމުންދާކަމަށާއި، ގުގުރުމާއެކު ވާރޭ ވެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

ރާއްޖެއަށް ކުރަމުންދާ މި ވިއްސާރައަކީ އިރުވައި މޫސުން ފެށުމާއި ގުޅިގެން ކުރާ ވިއްސާރައެވެ. އިރުވައި މޫސުން ފެށުނީ މިދިޔަ ހޯމަ ދުވަހުއެވެ.

ރޭ ދަންވަރުން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރާގައި މުޅި މާލޭގައި ވަނީ ފެންބޮޑުވެފައެވެ. ބައެއް ސަރަހައްދުތަކުގައި ދޮޅު ފޫޓަށްވެސް ފެންބޮޑުވެފައިވެއެވެ. އަދި ބައެއް ފިހާރައަށާއި ގޭގެއަށް ވެސް ފެންވަދެފައިވެއެވެ.

މާލޭގައި އެންމެ ފެންބޮޑު މަގުތަކުގެ ތެރޭގައި މައި މަގުތައްވެސް ހިމެނެއެވެ. އަމީނީ މަގާއި މަޖީދީ މަގުގައިވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.

މެޓުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވާއިރު، ނ.އަތޮޅުން ފެށިގެން ވ.އަތޮޅު ހިމެނޭ ސަރަހައްދަށް މެންދުރު 13:00އާ ހަމައަށްވަނީ ރީނދޫ ސަމާލުވެސް ނެރެފައެވެ.

މެޓުން ބުނީ އެ ސަރަހައްދަށްވެސް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި ގަދަވަޔާއެކު ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ.

ޑިޒާސްޓާއިންވެސް ވަނީ ގެއްލުން ލިބިދާނެތީ ދިރާލާ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.