ރައީސް އަޒުލު ކުރަން މަޝްވަރާއެއް ނުކުރަން: އެމްޑީޕީ

ރައީސް އަޒުލު ކުރަން މަޝްވަރާއެއް ނުކުރަން: އެމްޑީޕީ

Author
ހުސެއިން
30 ޑިސެމްބަރ 2023 04:07
0

ރައީސުލްޖުމްހޫރިއްޔާއާއި ނާއިބު ރައީސް އަޒުލު ކުރުމަށް މަޝްވަރާ ކުރަމުން ނުދާ ކަމުގައި އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތޔުންގެ މަޖިލިހުގެ ހޯރަފުށި ދައިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ރައީސްއާއި ނައިބު ރައީސް އަޒުލްކުރުމުގެ ވާހަކަ ދެކެވެނީ ރައްޔިތުންގެ އިތުބާރު ނެތްކަމަށް މި ސަރުކާރަށް ގަބޫލު ކުރެވިގެން ކަމުގައެވެ.

ސަލީމް ވިދާޅުވީ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާ ވާހަކަ އެންމެ ގިނައިން އިވެނީ ސަރުކާރާއި ގުޅުންހުރި ބޭފުޅުން ދައްކަވާ އަޑު ކަމަށެވެ.

އަޅުގަނޑަށް ގަބޫލު ކުރެވެނީ އެބޭފުޅުން އަމިއްލަފުޅަށް ގަބޫލު ކުރެއްވެނީ ކަމަށް ރައްޔިތުންގެ އިތުބާރު ގެއްލޭ ކަންތައްތަކެއް ނޫނީ ސިޔާސަތުތަކެއް އެބޭފުޅުންނަށް ގެންގުޅެވެނީ ކަމަށް، އަޅުގަނޑު ވަރަށް ޔަގީން ކަމާއެކު ދަންނަވަން ރައީސް އަޒުލު ކުރުމަށް އެމްޑީޕީން މަޝްވަރާއެއް ނުކުރަން. އަދި އަޅުގަނޑުމެންގެ ސްޓޭންޑަޑެއްވެސް އެކަމުގަ ނެތް.

ސަލިމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ރައީސްއާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދިއުމަށް އެމްޑީޕީއަށް އެއްވެސް އިރުޝާދެއް ލިބިފައިވެސް ނުވާކަމުގައެވެ.

އެހެންނަމަވެސް އެމްޑީޕީން މިހާރުވަނީ ރައީސްއައި ނާއިބު ރައީސް ފަހުން އަޒުލް ކުރުން ފަސޭހަކުރުމަށް މަޖިލިސް ގަވާއިދަށް އިސްލާހު ގެނެސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.