ޞާލިޙަށް އިންތިޚާބު ކާމިޔާބު ނުވާނެކަން އެނގުނު، ނަމަވެސް އޭރު އަޅުގަނޑުހުރީ ގޮތްދޫނުކުރަންވެގެން: ޝަރީފް

ޞާލިޙަށް އިންތިޚާބު ކާމިޔާބު ނުވާނެކަން އެނގުނު، ނަމަވެސް އޭރު އަޅުގަނޑުހުރީ ގޮތްދޫނުކުރަންވެގެން: ޝަރީފް

Author
އައިޝަތު އަޙްމަދު
28 ޑިސެމްބަރ 2023 10:13
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަދި އެއް ދައުރަށް އިންތިޚާބުކުރައްވަން ބޭނުންފުޅުވާކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ. ވެރިކަންކުރާ ޕާޓީ، ކޮންގްރެސް ޕާޓީއާއި ގުޅިވަޑައިގެން ވާހަކަފުޅު ދައްވަމުން އިބްރާހީމް ޝަރީފް (މަވޯޓާ9 ވިދާޅުވީ މިދިޔަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ހުންނެވީ އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަހަތްޕުޅުގައިކަމަށެވެ.

ރައީސް ޞާލިޙް އިންތިޚާބުކުރުމަށް ފޫގަޅައިގެން މަސައްކަތްކުރެއްވިކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ އޭރުވެސް ހިތުގައި ނުތަނަވަސްކަމެއް އޮތްކަމަށެވެ. އެއީ ރައީސް ޞާލިޙްގެ ފަހަތްޕުޅުގައި ހުންނެވިނަމަވެސް، އޭރުވެސް ހިތުގައި އުފެދުނު ސުވާލަކީ އެމަނިކުފާނަށް ހުންނެވެނީ އެންމެ ރަނގަޅު ފަޅީގައިކަންކަމަށެވެ.

ރައީސް ޞާލީޙާ އެކު އޭރު ހުންނަވައި އެމަނިކުފާނު އިންތިޚާބުކުރަން ފޫގަޅައިލާގެން ހުންނެވީ، ގޮތް ދޫނުކުރަންވެގެންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޤައުމު ޙާލަތު ބަދަލުކުރެވޭނީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށްކަމަށެވެ. ޤައުމުގެ ދަރަނި ހަމަމަގަށް އެޅުވޭނީވެސް އެމަނިކުފާނަށްކަމަށާއި، އެއީ ދުރު ވިސްނެވޭ ބޭފުޅެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކޮންގްރެސް ޕާޓީއާއި ގުޅިވަޑައިގަތީ ޤައުމުގެ ހައްގުގައި އަދި އެދާއިރާގެ ރައްޔިތުންގެ ހައްގުގައިކަމަށެވެ. މިއީ ޤައުމީ ފަޅިކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުހުއްމަދު ހުސައިނު
ތިގައުމީ 13ވަގުންވެސް ސޮއިކުރިީގ ގައުމައްޓަކާ ބާކީއޮތީ ދެންއޮތާ ކުޑަދުވަސް ކޮޅެއް ބަލަމާހިގާ!
އ އަންތަރީސް
ޝަރީފަށް ޔަގީންތޯ އަންނައަހަރު މަޖުލިސމެނަބަރަކަށް ހޮވޭނެކަން، މަޖުލީހަށް ހޮވައިދިން މީހުނަށް ތިވީ ބޮޑުތަނުން ޢައްދާރު، އުމުރުދުވަހަށްވެސް ދެން މެންބަރަކަށް ނުހޮވާނެ. ކުދަކުޑަ ފައިސާކޮޅަކަށް ތި ވިއްކާލީ ތިމާ މަޖުލީހަށް ހޮވައިދިން މީހުންގެ އިއްޒަތާއަބުރު.