މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2023 ޑިސެންބަރު 28 ވަނަ ދުވަހުގެ 09:00 އިން 15:00 އަށް ހުޅުމާލެ ފޭސް 2 ގެ އިރު އުތުރު ކަނާދިމާގައި މިއަދު ކުރިޔަށް ދަނެކަމަށް ބުނެފިއެވެ.
އެމްއެންޑީއެފްއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލެ ފޭސް 2 ގެ އިރު އުތުރުން 6100 މީޓަރ ދުރުމިނަށް ކަމަށާއި، އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 100 މީޓަރު ކަމުގައެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ، މިއަދު 0900 އިން ފެށިގެން 1600 އަށް ހުޅުމާލެ ފޭސް 2ގ، އިރުއުތުރު ކަންމަތީ، އެމްއެންޑީއެފް އިން ޓްރޭނިންގ އެކްސަސައިޒެއް ކުރިއަށް ދާއިރު މި އެކްސަސައިޒުގައި ބަރު ހަތިޔާރުން ކަނޑުގެ ސަރަޙައްދަށް ލައިވް ފަޔަރިންގ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމުގައެވެ.
ކޮމެންޓު ފޮނުވާ