ބާޒާރުގައި ކުކުޅު ބިހުގެ އަގު އާދަޔާ ޚިލާފަށް އުފުލި، ބައެއް ފިހާރަތަކުން ބިސް ވިއްކުން ކޮންޓްރޯލް ކޮށްފިއެވެ.
ބާޒާރުގައި ކުއްލިއަކަށް ބިހުގެ އަގު އުފުލިގެން ދިޔައީ، ބިސް ލިބުން ދަތިވުމުގެ ސަބަބުން ކަމަށް "ޚަބަރު އޮންލައިން"އާއި ވާހަކަ ދެއްކި ބައެއް ވިޔަފާރަވެރިން ވަނީ ބުނެފައެވެ.
ކުކުޅު ބިހުގެ އަގު މީގެ ކުރިން ބާޒާރުގައި އުޅުނީ ބިހެއް 1.75ރ. އަށެވެ.
އެހެންނަމަވެސް ބިހުގެ އަގު އުފުލި އާންމު ބައެއް ފިހާރަތަކުގައި މިހާރު ބިސް ވިއްކަނީ ބިހެއް 3 ރުފިޔާއަށެވެ. އަދި ބައެއް ފިހާރަތަކުން ބިސް ވިއްކާ އަދަދު ލިމިޓް ކޮށްފައިވާއިރު، އަގުހެޔޮކޮށް މުދާ ވިއްކުމަށް މަޝްހޫރު ރެޑް ވޭވްއިން ވިއްކަމުން ދަނީ ބިހެއް 2 ރުފިޔާއަށް، އަދި ކޮންމެ މީހަކަށް 5 ބިހެވެ.
"ޚަބަރު އޮންލައިން"އަށް މައުލޫމާތު ދެމުން ރެޑްވޭވްއިން ބުނެފައިވަނީ އެފަރާތުގެ ބިސް ޝިޕްމެންޓް މިރޭ ލިބެނެ ކަމަށާއި، އެ ޝިޕްމަންޓް ކުލިއަރ ކުރެވުނުހާ އަވަހަކަށް ބިސް ވިއްކުމުގެ ލިމިޓް ދޫކޮށްލާނެ ކަމުގައެވެ.
ބައެއް ވިޔަފާރަވެރިން ބުނަނީ ބިހުގެ އަގު ކުއްލިއަކަށް މަތިވީ ބައެއް ބިސް ޝިޕްމަންޓްތައް ލަސްވެގެން ކަމަށާއި، ބިހުގެ އަގު ތިރިވާނީ ކޮން ދުވަހަކުކަން ސީދާ ބުނަން ނޭގެ ކަމަށެވެ.
މީހެ އެއް ހަފްތާކުރިން ރާއްޖޭގައި ފިޔާގެ އަގުވެސް ކުއްލިއަކަށް އުފުލިގެން ދިޔައެވެ. އޭރު އަގު އުފުލުނީ އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން ލިމިޓް ކުރުމަށް ނިންމުމާއި ގުޅިގެންނެވެ. އެހެންނަމަވެސް އެސްޓީއޯއިންވަނީ ފިޔާ ގިނަ އަދަދަކަށް އެދުވަސްވަރާ ދިމާކޮށް އެތެރެ ކޮށްފައެވެ.
One Response
ތެދެެއްތ ދިވެހިރަށްްްޔިތުންކެއަސް ރަށްޔިތުންމަޖިލީހުގައި ތިބި ފަގީރުންކޮޅަށް ކުކުޅުބިހެއް ނުކެވޭތީ އެންެމެދެރަވަނީ އެދާއިރާގެ ރަށްޔިތުން އެދާއިރާގެ މެންބަރުބަލަހައްޓާތި