ހަފްތާ ބަންދުގައި މިނިސްޓަރ ފައްޔާޒު ޑައިވިނަށް!

ހަފްތާ ބަންދުގައި މިނިސްޓަރ ފައްޔާޒު ޑައިވިނަށް!

Author
މުޙައްމަދު ޝަޒައިމް
14 ޑިސެމްބަރ 2020 10:58
0

ހަފްތާ ބަންދުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ޑައިވިނަށް ވަޑައިގެން، ޑައިވިންގެ ތަޖުރިބާ ކުރައްވައިފިއެވެ.

މިނިސްޓަރ ފައްޔަޒު ވިދާޅުވެފައިވަނީ މިއީ މުޅިން އާ ތަޖުރިބާއެއް ކަމަށެވެ. މިނިސްޓަރ ފައްޔާޒު ޑައިވިނަށް ވަޑައިގެންނެވީ ތަޖުރިބާ ކާރު މޮޅު ޑައިވިން އިނސްޓްރެކްޓަރުންގެ ޓިމަކާއި އެކުގައެވެ. ޑައިވިނަށް ވަޑައިގެން މިނިސްޓަރ ފައްޔާރުވަނީ ހިތްގައުމު ވީޑިއޯ ކޮޅެއްވެސް ޓްވިޓާގައި ހިއްސާ ކުރައްވާފައެވެ.

މިނިސްޓަރ ފައްޔާޒަކީ އާދައިގެ ދިރިއުޅުމެއް ދިރިއުޅުއްވަމުންދާ، މީހުންނާއި ގުޅޭ، އެކުވެރިއެކެވެ. ނަމަވެސް ސަރުކާރުގެ ވަޒީރެއްގެ މަޤާމުގައި ހުންނަވައި މިނިސްޓަރ ފައްޔާޒަކީ މިސަރުކާރުގެ އެންމެ ނުފޫޒުގަދަ މަޤާމު ފުރުއްވަމުންދާ، އަދި އެންމެ ނުފޫޒު ގަދަކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ބައެއް ބޭފުޅުން ތުހުމަތު ކުރައްވާ ވަޒީރެވެ.

މިނިސްޓަރ ފައްޔާރަކީ ރައީސް ޞާލިހުގެ ވައުދުތައް ތަންފީޒު ކުރުމުގައާއި، ސަރުކާރުގެ މުހިންމު މަަސައްކަތްތައް އެންމެ ކައިރިން ބައްލަވައި، ރައީސްގެ އެންމެ އިތުބާރު އޮތް ވަޒީރުވެސްމެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.