ޖޭއެސްސީގެ އެސްޖީ ސުޕްރީމް ކޯޓުގެ އިދާރީ އެންމެ އިސް މަގާމަށް ހަމަޖައްސައިފި

ޖޭއެސްސީގެ އެސްޖީ ސުޕްރީމް ކޯޓުގެ އިދާރީ އެންމެ އިސް މަގާމަށް ހަމަޖައްސައިފި

ގުޅުންހުރި
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި، އިޒްމީރާ ޝިހާމް، ސުޕްރީމް ކޯޓުގެ އިދާރީ އެންމެ އިސް މަގާމަށް އައްޔަންކޮށްފިއެވެ.

ސުޕްރީމް ކޯޓްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމް މިހާތަނަށް ހުސްކޮށް އޮތީ، ކުރިން އެ މަގާމްގައި ހުންނެވި ޑރ. ހުސައިން ފާއިޒު އެ މަގާމުން ވަކިކުރުމުންނެވެ.

ޑރ. ފާއިޒް ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުންފަހުންވަނީ ނިންމާފައެވެ.

ސުޕްރީމް ކޯޓުގެ އިދާރީ އެންމެ އިސް މަގާމަށް އައްޔަން ކުރި އިޒްމީރާއަކީ 2019 ވަނަ އަހަރުން ފެށިގެން ޖޭއެސްސީގެ އިދާރީ އިސްވެރިޔާއެވެ.  އިޒްމީރާ މިހާރުވަނީ ސުޕްރީމް ކޯޓުގެ ވަޒީފާއަށް މިހާރުވަނީ ނުކުންނަން ފަށްޓަވާފައެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ އެސްޖީ ފާއިޒު ވަޒީފާ އިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ވަޒީފާއަ ބެހޭ ޓްރައިބިއުނަލަށް ކަނޑައެޅި ނަމަވެސް އަލުން ވަޒީފާ ހޯދުމަށް ފާއިޒު އެދިފައި ނުވާތީ ޓްރައިބިއުނަލުން އެކަމުގައި ގޮތެއް ނިންމާފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ