ގއ. ވިލިނގިލިން މަހަށް ނުކުމެ އުޅުނު އެރަށު ދޯންޏެއްގައި ހުރި ބިދޭސީއަކު މަރުވެއްޖެ އެވެ.
ފުކުހުން ބުނެފައިވަނީ މަރުވެފައިވަނީ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށާއި އޭނާގެ އުނމުރަލީ 35 އަހަރު ކަމުގައެވެ. ފުލުހުން ބުނެފައިވަނީ ބިދޭސީ މީހާގެ ހާލު ދެރަވެގެން އޭނާ ރޭ ދަންވަރު 12:25ހާއިރު ގެންދިޔައީ ގދ. ދާންދޫ ސިއްޙި މަރުކަޒަށް ކަމަށާއި، އެގަޑިގައި ފުލުހުންނަށްވެސް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ.
ފުލުހުންގެ ފަރާތުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވެއެވެ.
މަރުވި ބިދޭސީ މީހާ މަރުވި ސަބަބު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ބުނެފައިވަނީ މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމުގައެވެ.
ކޮމެންޓު ފޮނުވާ