ބޯންމެރޯ ހެދުމަށް އިތުރު ދެ ކުއްޖަކު ޖެނުއަރީ މަހު ފުރުވާލަނީ

ބޯންމެރޯ ހެދުމަށް އިތުރު ދެ ކުއްޖަކު ޖެނުއަރީ މަހު ފުރުވާލަނީ

Author
ހުސެއިން
25 ޑިސެމްބަރ 2023 07:58
0

ސަރުކާރު ހަރަދުުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ހަމަޖެހިފައިވާ އިތުރު ދެ ކުދިން ޖެނުއަރީ މަހު ފުރުވާލުމަށް ހަމަޖައްސައިފިއެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވަނީ 01 ޖެނުއަރީ 2024 ގައި ބޯންމެރޯ ޓްރާސްޕްލާންޓް ހަދަން ރާއްޖެއިން ބޭރަށް އެކުދިން ފުރަން ހަމަޖެހިފައިވާ ކަމަށެވެ. ފުރުމަށް ހަމަޖެހިފައިވާ ދެ ކުދިންނާއި އެކުދިންގެ އާއިލާއާ ހެލްތު މިނިސްޓަރ ޑޮކްޓަރ އަބުދުﷲ ޚަލީލް މިއަދު ވަނީ ބައްދަލު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އެ އާއިލާއަށް ހިތްވަރުދެއްވާ ކާމިޔާބީއަށް އެދިވަޑައިގެންފައިވާކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި، ތެލެސީމިއާ ކުދިންނަށް ފަރުވާދިނުމާއި އަދި ތެލެސީމިއާ ކޮންޓްރޯލްކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި 14 ޑިސެމްބަރު 2023 ގައި ވެސް އެއްކުއްޖަކު ފޮނުވާލެވިފައިވާ ކަމުގައެވެ.

ތެލަސީމިއާ ބައްޔަށް އޮތް ދާއިމީ ހައްލަކީބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުން ކަމަށްވާއިރު، މި ފަރުވާ ހޯދުމުގައި ދިގު މުއްދަތަކަށް ޚާއްސަ ސަމާލުކަމެއްދީގެން ކުއްޖާ ބަލަހައްޓަންޖެހެއެވެ.

އެގޮތުން ހޮސްޕިޓަލުން ދެއްވާ އިރުޝާދުތަކަށް އެއްބާރުލުން ދެއްވާ، ބޯންމެރޯ ޓްރާންޕްލާންޓްކޮށް، ރާއްޖެ އައުމަށްފަހުގައިވެސް ޤަވާއިދުން ހަދަންޖެހޭ ޓެސްޓްތައް ހެދުމަށާއި، ޑޮކްޓަރަށް ދެއްކުމަށް މޯލްޑިވިއަން ބްލަޑް ސަރވިސް (އެމް.ބީ.އެސް) އިންވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.