‏މާލޭ ސަރަހައްދުން 7 މީހަކު ފައިލޭރިއާއަށް ފައްސިވެ, ބަލި ޖެހުނު މީހުންގެ އަދަދު 32 އަށް

‏މާލޭ ސަރަހައްދުން 7 މީހަކު ފައިލޭރިއާއަށް ފައްސިވެ, ބަލި ޖެހުނު މީހުންގެ އަދަދު 32 އަށް

Author
ހުސެއިން
24 ޑިސެމްބަރ 2023 03:18
0

މާލެ ސަރަހައްދުން އިތުރު ބަޔަކު، މިހާރު ފެތުރެމުންދާ ފައިލޭރިއާއަށް ޕޮޒިޓިވްވެ، މި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ޖުމްލަ އަދަދު 32 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ބައްޔަށް ދިވެއްސަކި ޕޮޒިޓިވް ވެފައިނުވާ ކަމަށާއ ިފައިލޭރިއާއަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ، އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ 10 މީހަކާއި، އިންޑިއާގެ ބިހާރުގެ 18 މީހަކާއި، އިންޑިއާގެ ޓެމިލްނާޑޫގެ 1 މީހަކާއި އިންޑިއާގެ ގޯޕާލްގަންޖުގެ 1 މީހެއްގެ އިތުރުން ބަންގްލަދޭޝްގެ 2 މީހަކު ކަމުގައެވެ.

ހުޅުމާލެ އިން އިއްޔެވެސްވަނީ ފައިލޭރިއާ ޖެހިފައިވާ މީހަކުފެނިފައެވެ، ހުޅުމާލެއިން ފައިލޭރިއާއަށް ޕޮޒިޓިވް ވެފައިވަނީވެސް ބިދޭސީއެކެވެ.

ހުޅުމާލެއިން ފައިލޭރިއާއަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނުމާއި ގުޅިގެން ގުޅިގެން ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި މަހުގެ 22 ވަނަ ދުވަހު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މައިގްރޭންޓް ފެއަރގައި ޓެސްޓް ކުރި 13 ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން އެކަކު ފައްސިވިިއިރު، 12 މީހަކު ނެގެޓިވް ވެފައިވާ ކަމުގައެވެ.

އަދި ފައިލޭރިއާއަށް ޕޮޒިޓިވް ވި މީހާއަށް ބޭސް ދެވިފައިވާ ކަމަށް ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.