ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ ޑިރެކްޓަރު ޖެނެރަލް މަގާމަށް މޭޖާ ޖެނަރަލް ރިޓަޔަޑް ވައިސް ވަހީދު ހަމަޖައްސައިފިއެވެ.
ވައިސް ވަހީދު އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ އެންސީޓީސީގެ ވެރިއަކަށް ހުންނެވި ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް ޒަކަރިއްޔާ މަންސޫރުގެ ބަދަލުގައެވެ. ސިފައިންގެ ހިދުމަތަށް 37 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު ޒަކަރިއްޔާ ރިޓަޔާ ކުރައްވާފައި ވަނީ ޑިސެމްބަރު 9، 2021 ގައެވެ.
އޭގެ ފަހުން ޒަކަރިއްޔާ ހުންނެވީ އެންސީޓީސީގެ އެންމެ އިސްވެރިއެއްގެ ގޮތުގައެވެ.
ވައިސް ވަހީދަކީ ވެސް 34 އަހަރު ސިފައިންގެއަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ރިޓަޔާ ކުރައްވާފައި ވަނީ މި މަހުގެ 12 ގައެވެ.
އެންސީޓީސީ އަކީ ޓެރަރިޒަމްގެ މައްސަލަތަކާ ބަލައި ދިރާސާކުރުމާއި އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ސެންޓަރެކެވެ.
ކޮމެންޓު ފޮނުވާ