މިނިސްޓަރ އޭއީއެޗަށް ޒިޔާރަތްކުރެއްވުން، ދެއްވީ މައްސަލަތައް ޙައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން

މިނިސްޓަރ އޭއީއެޗަށް ޒިޔާރަތްކުރެއްވުން، ދެއްވީ މައްސަލަތައް ޙައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން

Author
އައިޝަތު އަޙްމަދު
23 ޑިސެމްބަރ 2023 10:19
0

މިނިސްޓަރ އޮފް ހެލްތު ޑރ. ޢަބްދުﷲ ޚަލީލް އައްޑޫ ސިޓީއަށް ވަޑައިގެން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާ އެތަނުގެ ޙަލަތު ބައްލަވާލައްވައިފިއެވެ.

މިސަރުކާރުގެ ހުރިހާ ވަޒީރުން ގެންދަވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވާ އެ ރަށްރަށް ދިމާވާ ދަތިތަކާއި އެކަންކަން ހައްލުކުރުމަށް ކުރެވޭނެ ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވަމުންނެވެ. އެގޮތުން ހެލްތު މިނިސްޓަރ ވަޑައިގަތީ އައްޑޫ ސިޓީއަށެވެ. އެ ސިޓީގެ ރަށްރަށް ވަޑައިގެން ރައްޔިތުންނާއި އަދި މުއައްސަސާތަކާ ބައްދަލުކުރައްވާފައިވެއެވެ.

މިނިސްޓަރ ވަނީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އިކުއެޓޯރިއަލް ހޮސްޕިޓަލަށްވެސް ޒިޔާރަތްކުރައްވާ ދިމާވާ ދަތިތައް އޮޅުންފިލުއްވާފައެވެ. މިއާއެކު އެ ހޮސްޕިޓަލުގެ ފަރާތުން ވަނީ  ދިމާވެފައި ހުރި އެކި ދަތިތަކާއި ގޮންޖެހުންތަކާ ގުޅޭ މައުލޫމާތު މިނިސްޓަރާ ހިއްސާކުރައްވާފައެވެ. މިނިސްޓަރ ވަނީ ހޮސްޕިޓަލަށް ދިމާވާ ދަތިތައް ޙައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަކީ، އައްޑޫގައި ސާކް ސަމިޓް ބޭއްވުމަށް ޢިމާރާތްކުރި ކޮންވެސްޝަން ސެންޓަރެކެވެ. ނަމަވެސް އޭގެ ފަހުން އެތަން އެދެވޭ ގޮތެއްގައި ބޭނުން ނުކުރެވި ވަނިކޮށް، ކުރީގެ ޕީޕީއެމް ސަރުކާރުގައި އެތަން ހޮސްޕިޓަލަށް ބަދަލުކުރައްވަން ނިންމެވީއެވެ.

މިސަރުކާރު އައީ ސިއްޙީ ދައިރާގެ މައްސަލަތައް ހައްލުކޮށް، މިދާއިރާގެ ބޮޑު ތަސައްވުރަކާއެކުއެވެ. އެގޮތުން އައު ބައެއް ކަންކަން ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.