ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށައަޅަން އެޕާޓިން ހުޅުވާލި މުއްދަތު އިތުރު ކޮށްފިއެވެ.
އެމްޑީޕީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މެންބަރުންނަށް ޝައުޤުވެރިކަންފާޅުކުރުމަށް ހުޅުވާލި މުއްދަތު 30 ޑިސެމްބަރ 2023 ވާ ހޮނިހިރު ދުވަހުގެ ހަވީރު 04:00 ގެ ނިޔަލަށް އިތުރުކުރެވިފައިވާކަމަށެވެ.
އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެމްބަރުން ޝައުގުވެރިކަންފާޅު ކުރުމުގެ ފުރުސަތު މިއަފުރަތަމަ ހުޅުވާލީ މި މަހުގެ 25 ވަނަ ދުވަހާ ހަމައަށެވެ. ޕްރައިމަރީ ބޭއްވުމަށް އަދިވެސް ހަމަޖައްސާފައިވަނީ، 26 އަދި 27 ޖެނުއަރީވާ ހުކުރު އަދި ހޮނިހިރު ދުވަހުކަމަށް އެ ޕާޓީން ބުނެފައި ވެއެވެ.
ޕްރައިމަރީގައި ވެސް މަޖިލިސް އިންތިޚާބުގައި ވެސް ވާދަ ކުރެވޭނީ ޝައުގުވެރިކަން ފާޅުކޮށް ފޯމު ހުށަހަޅާ މެމްބަރުންނަށް އެކަނިކަމަށްވެސް އެމޑީޕީން ބުންޏެވެ.
ޕްރައިމަރީގައި ވާދަކުރުމުގެ ޝަރުޠުތައް:
- 1.އެމްޑީޕީގެ މެމްބަރެއް ކަމުގައިވުން
- 2.ޤާނޫނުއަސާސީ އާއި މަޖިލިސް އިންތިހާބުގެ ގާނޫނުން މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުޠުތައް ހަމަވުން
ކޮމެންޓު ފޮނުވާ