ރައީސް މުއިއްޒުގެ ސަރުކާރަށް ފާޑު ކިޔަމުންއައި ދެ ވެބްސައިޓެއް، އުސޫލެއް ގާއިމް ނުކޮށް ބްލޮކް ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި މިއީ ނޫސްވެރިކަމަުގެ މިނިވަންކަމަށް އުޅުނު ހުރަހެއް އަދި ނުރައްކަލެއް ކަމަށް މީޑިއާ ކައުންސިލުން ބުނެފިއެވެ.
މީޑިއާކައުންސިލުން މިހެން ބުނެފައިވަނީ، ސަރުކާރަށް ފާޑުކިޔާ ދެ ނޫހެއް ސަރުކާރުން ބްލޮކް ކުރުމާއި ގުޅިގެން ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒު ވެފައި ވަނިކޮށެވެ.
ދެނޫހެއް ސަރުކާރުން ބޮލޮކް ކުރުމާއި ގުޅިގެން މީޑިއާ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ރަަޖިސްޓްރ ނުކޮށް ހިންގާ ނޫސް މަޖައްލާތަކާއި ވެބްސައިތްތަކަކީ ވެސް "މިޑިއާ" ކަމަށް މީޑިއާ ކައުންސިލުގެ ގާނޫނުގެ 36 މާއްދާގައި ބަޔާން ކުރާ ކަމަށެވެ.
އަދި މީޑިއާ ކައުންސިލުން ބުނެފައިވަނީ ބްލޮކްކޮށްފައިވާ ދެ ވެބްސައިޓުގެ ކޮންޓެންޑާއި ގުޅޭ އެއްވެސް މައްސަލައެއް އެ ކައުންސިލަށް މިހާތަނަށް ހުށަހަޅާފައިވާ ނުވާކަމަށެވެ. އަދި ވައިސޫލެއް ގާއިމް ނުކޮށް ދެ މީޑިއަ ބްލޮކް ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މީޑިއާ ކައުންސިލުން ބުނެފައި ވެއެވެ.
މި ސަރުކާރުން ބްލޮކް ކޮށްފައިވާ ކަމަށް މީސްމީޑިއާގައި ތުހުމަތު ކުރަމުން އަންނަނީ ދިޔަވަރު.ކޮމް އާއި ކުރުސީ.ކޮމް ނަމަކަށް ކިޔާ ދެ ނޫހެކެވެ.
ރޭގެ ވަގުތެއްގައި ސަރުކާރުން ބްލޮކް ކޮށްފައި ވަނީ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމްގެ ނަމުގައި ހިންގަމުން އައި ދެ ވެބްސއިޓެކެވެ. މި ދެ ވެބްސައިޓަކީވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުމުގެ ނަޒަރަކުން ލިޔަމުން އައި ދެ ވެބްސައިޓެކެވެ.
މި ދެ ވެބްސައިޓު ބްލޮ ކުރިމައްސަލާގައި ގިނަބައެއް ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އެހެންނަމަވެސް ފާޑުކިޔުންތަކަށް ރައްދު ދެއްވާ ސަރުކާރުގެ ތަރުޖަމާން މުހައްމަދު ޝަހީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ނުވަތަ މަޖައްލާއެއް ސަރުކާރުން ބްލޮކެއް ނުކުރާނެ ކަމަށެވެ.
ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އަކީ ރަޖިސްޓާ ކޮށްގެން ހިންގާ ދެ ނޫހެއް ނޫނެވެ. އެކަމަކު ރާއްޖޭގައި މިހާތަނަށް ވެސް ރެޖިސްޓްރީނުކޮށް ނޫސްތައް ހިންގަ އެވެ. އަދި އިސްރާއީލު ފަދަ ގައުމަތަކުން ހިންގާ އޮންލައިން ނޫސްތައްވެސް ރާއްޖޭގައި ބްލޮކު ކޮށްފައެއް ނުވެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވަން.
ޝަހީބު ވިދާޅުވި އެވެ.
މި ދެ ވެބްސައިޓް ބްލޮކް ކުރި މައްސަލާގައި އެމްޑީޕީންނާއި ޑިމޮކްރެޓްސް ޕާޓީންވެސް ވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށް ސަރުކަރަށް ގޮވާލާފައެވެ.
ދިޔަވަރު އޮންލައިންއާއި ކުރުސީ.ކޮމް ބްލޮކް ކުރުމަކީ ރާއްޖޭގައި ކުރިޔަށް އޮތް ތަނުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މިނިވަންކަމާއެކު ދެމި ނޯންނޭކަން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.