މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒުކުރަން ނިންމުމާއި ގުޅޭގޮތުން ރައީސް މައުމޫން ދެއްކެވި ވާހަކަތަކަށް އިސްލާމިކް މިނިސްޓްރީންނާއި ފަތުވާ ކޮމިޓީން ފިޔަވަޅު އެޅުމަށް ޝެއިހް އާދަމް ނިޝާން ގޮވާލައްވައިފި އެވެ.
މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެކަން އިއުލާން ކުރުމާއެކު ރައީސް މައުމޫންވަނީ މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ގައުމީ ތަރައްގީގެ އުސްލ ލަނޑުދަނޑިއެއް ތޯ ސުވާލު ކުރައްވާފައެވެ. އަދި މައުމޫންވަނީ މަރުގެ ހުކުމާއި ގުޅޭގޮތުން ދެކެވަޑައިގަންނަވާގޮތުގެ ލިޔުމެއް މިއަދު އާންމު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މައުމޫންގެ ވާހަކަތައް ކުށްވެރި ކުރައްވައި ޝެއިހް ނިޝާމް ވިދާޅުވީ الله ބާއްވާލެއްވެވި، ކީރިތި ޤުރްއާނުގައި ބަޔާންވެފައިވާ ސާފު ޞަރީޙަ އެންމެ ޙުކުމްފުޅަކަށް އިންކާރުކޮށްފި މީހަކީ ވެސް، ކީރިތި ޤުރްއާނަށް ކާފަރުވެ، ﷲގެ ދީނުން ބޭރުވެ މުރުތައްދުވެފައިވާ މީހެއް ކަމަށެވެ.
ގިސާސް ހިފުން ނުވަތަ މަރަށް މަރުހުމަކީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައި އޮންނަ ހުކުމެކެވެ.
އިސްލާމިކް މިނިސްޓްރީ އާއި ފަތުވާ ކޮމިޓީ އަށް ގޮވާލަނީ ވަގުތުން ވަގުތަށް މި މައްސަލަ ބަލައި ފަތުވާ ނެރެ، ދީނުގެ ޙުކުމްތަކަށް ފާޅުގައި އިންކާރު ކުރާ މިފަދަ ފަރާތްތަކަށް ފިޔަވަޅު އަޅައި ދިނުމަށް.
ނިޝާން ވިދާޅުވި އެވެ.
ނިޝާން ވިދާޅުވީ ގައުމީ ސަލާމާއި ދިދަޔާއި ބެހޭ ގޮތުން ފަތުވާ ނެރުނު ފަދައިން މިމައްސަލައިގައި ފަތުވާ ކޮމިޓީގެ ކުއްލި އަވަސް ފަތުވާއެއް އަންނާނެ ކަމުގެ އުންމީދު ކުރައްވާ ކަމަށެވެ.
މިތިބީ މި މައްސަލައިގާ ފަތުވާ ކޮމިޓީގެ ކުއްލި އަވަސް ފަތުވާއެއް އަންނާނެކަމުގެ އުންމީދުގައި.
ނިޝާން ވިދާޅުވިއެވެ.
One Response
emaru muskulhi mruthadhu meehaage nubai kaumun dhivehi Muslim mujuthamao aalaamay kuravvaashi aameen