އިންޑޮނޭޝިއާގެ ނުފޫޒުގަދަ، އަދި ދީނީގޮތުން ހަރުހަށި ސިޔާސަތުތަކަށް ތާއީދު ކުރައްވާ މުސްލިމް ލީޑަރެއްކަމުގައިވާ، ރިޒީގް ޝިހާބު، ކޯވިޑް19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ޚިލާފްވެގެން ކަމަށްބު، އިންޑޮނޭޝީއާ ސަރުކާރުން ހައްޔަރު ކޮށްފިއެވެ.
ގައުމުން ބޭރުގައި އަމިއްލައަށް އަރުވާލެވިގެން ހުންނެވުމަށްފަހު، ފާއިތުވެދިޔަ މަހު، އެބުރި ގައުމަށް ވަޑައިގެންނެވި، ދީނީ އިލްމުވެރިއެއް ކަމުގައިވާ ރިޒީގް ހައްޔަރު ކޮށްފައިވަނީ އޭނާއާއި ސުވާލު ކުރުމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފާއިތުވެދިޔަ ނޮބެމްބަރު މަހުގެ 10 ވަނަ ދުވަހު އެބުރި ގައުމަށް ވަޑައިގަތުމަށްފަހު، ރިޒީގްވަނީ، އެތަކެއް އާންމު އެއްވުންތަކެއް އިންޑޮނޭޝިއާގައި ބާއްވާފައެވެ. އަދި އޭނާވަނީ، "ޒިންމާދާރު އިންގިލާބަކަށް"ވެސް ގޮވާލައްވާފައެވެ. ނަތީޖާއެއްގެ ގޮތުން، އިންޑޮނޭޝިއާގެ ރައީސް ޖޮކޯ ވިޑޯޑޯގެ ސަރުކާރާ ރިޒީގްއާ ދެމެދު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފައެވެ.
އިންޑޮނޭޝިއާ ސަރުކާރުން ރަޒީގް ހައްޔަރު ކޮށްފައިވާއިރު، މިހަފްތާގައި، ކޯވިޑް19އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ޚިލާފްވެގެން ހިންގާފައިވާ އަމަލްތައް ތަހުގީގު ކުރާ ފުލުހުންނާއި ދެމެދު ބަދަލު ކުރެވުނު ބަޑީގެ ހަމަލާތަކެއްގައި، ރަޒީގްގެ އިސްލާމިކް ޑިފެންޑާރސް ފްރޮންޓް (FPI)ގެ 6 އެކްޓިވިސްޓަކުވަނީ މަރުވެފައެވެ.
އިންޑޮނޭޝިއާގަވެސް، ކޯވިޑް19 ހާލަތު އިތުރަށް ދަނީ ގޯސްވަމުންނެވެ.
ރަޒީގްގެ FPI ޕާޓީގެ އޮފިޝަލެއްކަމުގައިވާ، އޭނާގެ ގާނޫނީ ވަކީލު، އަޒީޒު ޔަނުއާރ ބުނެފައިވަނީ ރިޒީގް ހައްޔަރު ކުރެވިފައިވަނީ، ވެރިރަށް ޖަކާޓާގައި، ފުލުހުންގެ އެންގުމަކަށް ފޮލިސް ސްޓޭޝަނަށް ވަޑައިގެންނެވި ތަނާއެވެ. އަދި ވިދާޅުވީ، ރިޒީގް ބަންދުން ދޫކޮށްކުމަށް އެދި، މައްސަލަ ކޯޓަށް ވެއްދުމަށް އޭނާގެ ގާނޫނީ ޓީމުން މިހާރު ގެންދަނީ މައްސައްކަތް ކުރަމުންނެވެ.
އިންޑޮނޭޝިއާގެ ފުލުހުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފުލުހުން ތަހުގީގު ކުރަމުންދަނީ، ކޯވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓާކާ އަޅާފައިވާ ފިޔަވަޅުތަކާއި ޚިލާފުވުމުގެ މައްސަލަ ކަމަށެވެ. އަދި އޭނާ ޖަލުގައި ބަންދު ކުރަންޖެހޭކަން ނުވަތަ ނޫންކަން އެގިގެންދާނީ، ފުލުހުންގެ ތަހުގީގު ނިމުމުން ކަމުގައިވެސް މިބަޔާނުގައި ބުނެފައި ވެއެވެ.
ދުނިޔޭގައި އެންމެ ބޮޑު މުސްލިމް އާބާދީއެއް އޮންނަ އިންޑެނޭޝީއާގައި، ހުކުރު ދުވަހު އެކަނިވެސް، ކޯވިޑް19 ގައި 175 މީހުން މަރުވެފައިވެއެވެ. މިގޮތުން އެގައުމުގައި މިހާތަނަށް އައިއިރު، ކޯވިޑް19 އަށް ޕޮޒިޓިވް ވެގެން 19،000 މީހުން މަރުވެފައިވާއިރު، 611،000 މީހުން މިހާތަނަށް މިބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ.
ފާއިތުވި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ރިޒީގު އެބުރި ގައުމަށް ވަޑައިގެންނެވި ދުވަހު، އޭނާއަށް ތާޢީދުކުރާ އެތައްހާސް ސަޕޯޓަރުންނެއް ވަނީ އޭނާއަށް މަރުހަބާ ކިއުމަށް އެއްވެފައެވެ. މިއެއްވުމަށް ދިޔަ މީހުން މާސްކުއެޅުން ނުވަތަ ގައިދުރުކަން ބެހެއްޓުންފަދަ އެއްވެސް ފިޔަވަޔަވަޅަށް ސަމާލުކަން ދީފައެއް ނުވެއެވެ.
އިންޑޮނޭޝީއާގެ ހެލްތު މިނިސްޓްރީން ފަހުން ބުނެފައިވަނީ، ރިޒީގަށް މަރުހަބާ ކިޔުމަށް އެއާރޕޯޓަށް އެއްވި މީހުންގެތެރެއިން 95 މީހަކު ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަން މިހާރުވަނީ ޔަގީން ކުރެވިފައެވެ.
2016ވަނަ އަހަރު ރިޒީގު ވަނީ، އޭރު ޖަކާޓާގެ، ކުރިސްޓިއަން ދީނަށް ނިސްބަތްވާ މޭޔަރު، އިސްލާމްދީނާއި ދެކޮޅަށް ދެއްކި ވާހަކަތަކަށް ނުރުހުން ފާޅުކޮށް، އާނާއާއި ދެކޮޅަށް ހިންގުނު ހަރަކާތަކު މޭސިތިރިއެއްގެ ގޮތުގައި ހަރަކާތްތެރި ވެފައެވެ. ފަހުން މިމޭޔަރު ވަނީ، އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ކުށުގައި ޖަލަށް ލެވިފައެވެ.
އޭގެ އެއްއަހަރު ފަހުން ރަޒީގުވަނީ، އިންޑޮނޭޝިއާގެ އޭރުގެ ސަރުކާރުން އޭނާގެ މައްޗަށް ދައުވާ އުފުލުމާއި ގުޅިގެން ގައުމު ދޫކޮށް ވަޑައިގެންފައެވެ. ފަހުން މި ދައުވާތައްވަނީ އަބުރާ ގެނެވިފައެވެ.
ކޮމެންޓު ފޮނުވާ