ސްކޫލްތަކުގައި ބުރުގާ އެޅުން ތަންފީޒު ކުރަން އުޅޭކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ސްކޫލްތަކުގައި ބުރުގާ އެޅުން ތަންފީޒު ކުރަން އުޅޭކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

Author
ހުސެއިން
18 ޑިސެމްބަރ 2023 08:49
0

ރާއްޖޭގެ ސްކޫލްތަކުގައި، ބުރުގާ އެޅުން މަޖުބުރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް ތައުލީމީ ވިޒާރާއިން ދޮގު ކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައިވަނީ، ރާއްޖޭގެ ސްކޫލުތަކުގައި ބުރުގާ އެޅުމަކީ މަޖުބޫރުކަމެއްކަށް ހެދުމަށް އެ ވުރާއީން މަސައްކަތް ކުރަމުންދާކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ޚަބަރުތަކެއް ކަމުގައެވެ.

އެގޮތުން ސްކޫލް ކުދިންގެ ޔުނިފޯމް ކޯޑަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށް ބުނެ ފަތުރަަމުންދަނީ ފޭކް ޑޮކިއުމެންޓެއް ކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

އަދި މިފަދަ ހަގީގަތާއި ޚިލާފް ވާހަކަތައް ފެތުރުމަކީ ދަރިވަރުންގެ ނަފްސާނޫ ދުޅަހެޔޮކަމަށް ނުރަގަޅު އަސަރުތަކެއް ކުރާނެކަމެއް ކަމަށާއި، އެފަދަ ހަގީގަތާއި ޚިލާފް ވާހަކަތައް ނުފެތުރުމަށްވެސް މިނިސްޓްރިން އިލްތިމާސް ކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.