އަލަށް އުފެއްދި އިދާރާތައް މަޖިލިހުން ފާސްކޮށްފައި ނުވާތީ ވަޒީރުންނަށް ރުހުން ދިނުން ކުރިޔަށް ގެންދަން ދެކޮޅު ހަދައިފި

އަލަށް އުފެއްދި އިދާރާތައް މަޖިލިހުން ފާސްކޮށްފައި ނުވާތީ ވަޒީރުންނަށް ރުހުން ދިނުން ކުރިޔަށް ގެންދަން ދެކޮޅު ހަދައިފި

ރައީސް މުއިއްޒު އަލަށް އުފެއްދި ބައެއް އިދާރާތައް މަޖިލިހުން ފާސްކޮށްފައި ނުވާތީ، މިއަދު ރައްޔިތުންގެ މަޖިލހަށް ހުށަހެޅުނު ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގައި ކުރިޔަށް ގެންދިއުމަށް ބައެއް މެމްބަރުން ދެކޮޅު ހައްދަވައިފިއެވެ.

މި މައްސަލާގައި ނިޒާމީ ނުކުތާ ހުށަހެޅިއްވި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވީ ކޮމިޓީން ރިޕޯޓު މަޖިލިހަށް ހުށަހެޅުއްވީ މަޖިލިސް ގަވާއިދުގެ ރ،. ފ. އަދި އ. ގައި ބުނާ ކަންކަން ފުރިހަމަ ނުކޮށް ކަމަށެވެ. އޭނާ ވިދާޅުވީ މިކަންކަން ފުރިހަމަ ކޮށްފައިވާ ރިޕޯޓެއްކަމަށް ނުފެންނާތީ ރިޕޯޓަށް މިއަދު ވޯޓަށް އެހޭނެކަމަށް ނުފެންނަ ކަމަށެވެ.

ހިސާން ވިދާޅުވީ ގާނޫނު އަސާސީގެ 116 ވަނަ މައްދާގެ ހ އާއި 200 ވަނަ މާއްދާގެ އ. އަށް ބަލާއިރު، ސަރުކާރުން އުފައްދަން ބޭނުންވާ މިނިސްޓްރީތަކާއި ވުޒާރާތަކުގެ ދާއިރާތަކުގަ ހިމެނޭ މަސައްކަތްތައް މަޖިލިހުން ފާސްކުރުމަށް ރައީސުލްޖުމުހޫރިއްޔާ މަޖިލިހަށް ހުށަހަޅަން ޖެހޭނެކަމަށް ބުނާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ މި ސަރުކާރު ހުވާކޮށް 30 ދުވަސް ފާއިތުވެފައިވާއިރުވެސް މިނިސްޓްރީތަކުގެ މެންޑޭޓް ފާސްކުރަން ފޮނުވާފައި ނުވާކަމުގައެވެ. އެހެންކަމުން ވަޒީރުން ވަޒީރުކަން ކުރައްވާ މުވައްސަސާތަކުގެ މެންޑޭޓް ފާސްނުކޮށް އެބޭބޭފުޅުންނަށް ރުހުން ދިނުމަށް ހުށަހަޅާފައިވަނީ އެބޭބޭފުޅުންގެ ކޮން ގާބިލްކަމެއް ހުރެގެން ނުވަތަ ނޫންކަންވެސް ކޮމިޓީގެ ރިޕޯޓުން ސާފުވާން ނެތްކަމުގައެވެ.

އަދި ވަޒީރުންގެ މައްސަލަ ކޮމިޓީން ކުރިޔަށް ގެންދިޔައިރު، މެންޑޭޓްތައް ކޮމިޓީއަށް ފޮނުވާފައި ނުވާތީ މިނިސްޓްރީތަކުގެ މެންޑޭޓްތައް ކޮމިޓީއަށް ދިރާސާކުރެވެން ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް މި މައްސަލާގައި ނިޒާމީ ނުކުތާ ނަންގައިވައިގެން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ މީގެ ކުރިންވެސް އަމަލު ކޮށްފައިވާ ގޮތަކީ، އަލަށް އުފައްދާ އިދާރާތަކުގެ މެންޑޭޓް މީގެ ކުރިންވެސް ވަޒީރުންނަށް ރުހުން ދިނުމުގެ ފަހުން ފާސްކޮށްފައިވާ ކަމަށާއި، މި ދައުރުގައިވެސް ޑިސެމްބަރު 4 ވަނަ ދުވަހު ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖީލަށް ފޮނުވާ އަދި ޑިސެމަބަރު 15 ވަނަ ދުވަހު އަލަށް އުފެއްދި އިދާރާތަކުގެ މެންޑޭޓް ފާސްކުރުމުގެ މައްސަލަ މަޖިލީހަށް ފޮވުނުމަކީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވަންޖެހޭ ވަރުގެ މައްސަލައެއް ނޫންކަމުގައެވެ.

އެހެންނަމަވެސް މަޖިލިސް ރައީސް ވިދާޅުވީ، މަޖިލިހުގެ ގަވާއިދުގެ 200 މާއްދާގެ ރ. އަށް ބެލުމުން މަޖިލިސް ކޮމިޓީން ރިޕޯޓު ތައްޔާރު ކޮށްފައިވަނީ މަޖިލިހުގެ ގަވާއިދުގައި ބަޔާންކުރާ ކަންކަން ހިމަނައިގެން ނޫންކަން އެނގެން އޮންނަ ކަމަށާއި، އެޖެންޑާއިން މައްސަލަ އުނި ކޮށްފައި ނުވާކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *