ޖޭއެސްސީގެ ނައިބް ރައީސް ކަަމަށް ފަނޑިޔާރު އައިޝާ ޝުޖޫން އައްޔަން ކުރައްވައިފި

ޖޭއެސްސީގެ ނައިބް ރައީސް ކަަމަށް ފަނޑިޔާރު އައިޝާ ޝުޖޫން އައްޔަން ކުރައްވައިފި

ގުޅުންހުރި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެެ ނައިބް ރައީސް ކަމުގައި ހުންނެވި މަސްތޫރު ޙުސްނީ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން، އެ ކޮމިޝަންގެ ނައިބު ރައީސް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރައްވައިފިއެވެ.

މަސްތޫރު ޖޭއެސްސީގެ ނައިބުގެ މަޤާމަށް އައްޔަން ކުރެއްވީ 2018ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ނޮވެމްބަރު 16 ވަނަ ދުވަހެެވެ.

ޖޭއެސްސީގެެ ނައިބް ރައީސް ކަމު މިއަދު އައްޔަން ކުރެއްވި ސުޕްރިމްކޯޓުގެ ފަނޑިޔާރި އައިޝާ ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ސިވިލް ކޯޓުގެ ގާޒީއެއްގެ ގޮތުގައެވެ. އަދި އޭނާ ވަނީ ބާ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ