ސްރީލަންކަން އިން ރާއްޖެއާއި ލަންޑަނާ ދެމެދު ސީދާ ދަތުރު ފަށައިފި

ސްރީލަންކަން އިން ރާއްޖެއާއި ލަންޑަނާ ދެމެދު ސީދާ ދަތުރު ފަށައިފި

ސްރީލަންކަން އެއަރލައިންސްއިން ރާއްޖެ އާއި އިނގިރޭސި ވިލާތާ ދެމެދު ކުރާ ސީދާ ދަތުރުތައް މިއަދު ފަށައިފިއެވެ.

ލަންޑަނުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ސްރީލަންކަންއިން ސީދާ ދަތުރު ދަތުރު ފެށުމާއެކު، ހަފްތާއަކު 2 ދަތުރު މި ދެމެދުގައި ބާއްވާނެކަމަށް ވީއައިއޭ ހިންގަމުންދާ މޯލްޑިވްސްއެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެއެވެ. އެގޮތުން އާދީއްތަ ދުވަހާއި ބުދަ ދުވަހު ލަންޑަންގެ ހީތްރޯ އެއާޕޯޓުން އަންނަ ސްރީލަންކަން ފްލައިޓް ވީއައިއޭގައި ޖައްސާނެއެވެ.

މީގެ އިތުރުން އެމިރޭޓްސް އިން ރާއްޖެއަށް ކުރާ ދަތުރުތައް ވެސް މިހާރު ވަނީ އިތުރުކޮށްފައެވެ. އެގޮތުން ހުކުރުދުވަހުން ފެށިގެން އެމިރޭޓްސްގެ 3 ފްލައިޓް ދުވާލަކު ވީއައިއޭ އަށް ޖައްސާނައެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަލުން ހުޅުމަށްފަހު ރާއްޖެއަސް މިހާތަނަށް އެންމެ ގިނަ މީހުން އުފުލާފާއި ވާ އެއަރލައިން އަކީ އެމިރޭޓްސްއެވެ. މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް އެމިރޭޓްސް އިން ރާއްޖެއަށް 29،175 ފަތުރުވެރިން އެކަނި ވަނީ އުފުލާފައެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން ދިޔަވަރަކަށް އެއަރ ލައިން ތަކުން ރާއްޖެއަށް ކުރާ ދަތުރު ތަކާއި އަލަށް ރާއްޖެ އަށް ދަތުރު ފަށާ އެއަރ ލައިންތައް ވެސް އަންނަނީ އިތުރުވަމުން ނެވެ. އެގޮތުން ރާއްޖެއަށް މިހާރު ދަތުރުކުރާ އެއަރ ލައިންތަކުގެ އަދަދު ވަނީ 20 އަށް އަރާފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން އިތުރު 7 އެއަރ ލައިނަކުން ދަތުރު ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރެއެވެ. މިއާއެކު މިއަހަރު ނިމޭއިރ ރާއްޖެއަށް 27 އެއަރ ލައިނަކުން ދަތުރު ކުރާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *