ކުރިޔަށް އޮތް އީދުގައި ތަކުބީރު ތަޙްމީދުގެ މާތް އަޑުން ދިވެހި ޖައްވު ގުގުމާލާނެ: ރައިސް

ކުރިޔަށް އޮތް އީދުގައި ތަކުބީރު ތަޙްމީދުގެ މާތް އަޑުން ދިވެހި ޖައްވު ގުގުމާލާނެ: ރައިސް

ކުރިޔަށް އޮތް އީދުގައި މާލެއާއި،  ރާއްޖޭގެ ސިޓީތަކާއި ވެރިކަންކުރާ ހުރިހާރަށެއް ރީތި ދިއްލުންތަކުން އުޖާލާކޮށް ނަލަހައްދައިލެވޭނެ ކަމަށާއި، ތަކުބީރު ތަޙްމީދުގެ މާތް އަޑުން ދިވެހި ޖައްވު ގުގުމާލާނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރެވެމުންދާ ހުރަވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އިސްލާމީ ސިފަތަކާއި ޒަމާނީ ދިއްލުންތަކުން ދިވެހީންގެ އީދު ޒީނަތްތެރިކުރުމަކީ އެމަނިކުފާނުގެ ކެމްޕޭނުގެ ވަޢުދެއް ކަމަަށާއި، މިހާރު އެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް ދާކަމުގައެވެ.

ކަމާބެހޭ ތަކެތި ރާއްޖޭން ބޭރުން ގެނެސް، ކުރިޔަށް އޮތް އީދުގައި މާލެއާއި،  ރާއްޖޭގެ ސިޓީތަކާއި ވެރިކަންކުރާ ހުރިހާރަށެއް ރީތި ދިއްލުންތަކުން އުޖާލާކޮށް ނަލަހައްދައިލެވޭނެ. ތަކުބީރު ތަޙްމީދުގެ މާތް އަޑުން ދިވެހި ޖައްވު ގުގުމާލާނެ.

ހުރަވީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވުނު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި، ތަހުޒީބު މުޖުތަމަޢެއްގައި ވަޢުދަށް ކަމޭ ހިތާނެ ކަމަށާއި، ދީނަށް ތެދުވެރިވެ ޤައުމަށް ވަފާތެރިވާނެ ކަމަށެވެ.

އަދި އެފަދަ މުޖުތަމައެއްގައި، ހަމަޖެހުމާއި އެންމެން ގުޅިން އުފާވެރިކަމާއެކު ދިރިއުޅުމަށް ލޯބިކުރާނެކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅިވީ،މާޒީއަށް ބަލާއިރު، ދިވެހި ވަންތަކަމުގެ ރަންޒަމާނުގައި ދިވެހި ޤައުމިއްޔަތު އޮތީ މި ފަދައިން ކަމަށެވެ.

 އަޅުގަނޑުމެން ބިނާކުރާ ދިވެހިރާއްޖޭން އަޅުގަނޑު ދެކެން ބޭނުންވަނީ އެންމެ ކުރިއަރައިފައިވާ ޒަމާނީ ބިނާތައް. ހަމަ އެހެންމެ އަޅުގަނޑުމެން ބިނާކުރާ ދިވެހި ޤައުމުން އަޅުގަނޑު ދެކެން ބޭނުންވަނީ އެންމެ ތަހުޒީބު ރަނގަޅު މާތް އިސްލާމީ ރީތި ހުރިހައި ސިފައެއް. އެއީ ތިޔައިން ކޮންމެ ދިވެހި ރައްޔިތެއްގެ ހިތްހަމަ ޖެހުމާއި އުފާވެރިކަމަށް ޓަކާ.

ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

3 Responses

  1. ތަކުބީރު ކިއުމާއި މާލޫދު ކިއުމަކީ ބިދުއައެތް ކަމައއ އެބައި ދީނީ އިލޮމުވެރިނއ ބުނަނީ އަލީ ރަމީޒު މެން ކަހަލަ

  2. ރާއްޖޭގެ ހުރިހައި ރަށެއް ވެސް ދިއްލާލުން ވަރަށް މުހިއްމު. ޢީދު އަންނަނީ ހަމައެކަނި ވެރިކަންކުރާ ރަށަކަށްނޫން

Leave a Reply

Your email address will not be published. Required fields are marked *