ކުވޭތުގެ އަމީރު އަވަހާރަވުމާ ގުޅިގެން، ތިން ދުވަހަށް ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމަވައިފި

ކުވޭތުގެ އަމީރު އަވަހާރަވުމާ ގުޅިގެން، ތިން ދުވަހަށް ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމަވައިފި

Author
ހުސެއިން
16 ޑިސެމްބަރ 2023 08:54
0

ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް މިއަދު އަވަހާރަވުމުގެ ހިތާމައިގައި، 2023 ޑިސެންބަރު 17 ވާ އާދީއްތަ ދުވަހުން ފެށިގެން 2023 ޑިސެންބަރު 19 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

މި ކަން އިޢުލާންކުރައްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުން މިއަދު ނެރުއްވި 17/2023ނަންބަރު ދެންނެވުމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.