ކުވައިތުގެ އަމީރު އަވަހާރަ ވެއްޖެ

ކުވައިތުގެ އަމީރު އަވަހާރަ ވެއްޖެ

Author
ހުސެއިން
16 ޑިސެމްބަރ 2023 03:58
0

ކުވައިތުގެ އަމީރު ޝެއިޚު ނަވާފު އަލް-އަހުމަދު އަލް-ޖާބިރު އުމުރުފުޅުން 86 އަހަރުގައި އަވަހާރަ ވެއްޖެއެވެ.

ޝެއިޚުނަވާފު އަވަހާރަވި ވަކި ސަބަބެއް ކުވައިތުގެ އިދާރާތަކުން ހާމަ ކޮށްފައެއް ނުވެއެވެ.

އަދި ޝެއިޚު ނަވާފަށްފަހު ދެން އަމީރުކަމާއި ހަވާލުވެވަޑައިގަންނަވާ ބޭފުޅަކު ރަސްމީކޮށް އިއުލާން ކޮށްފައި ނުވިނަމަވެސް، ބެލެވޭގޮތުގައި ދެން ކުވައިތުގެ އަމީރުކަމާ ހަވާލުވެވަޑައިގަންނަވާނީ ޝެއިޚް ނަވާފުގެ އެއްބަފާ ބޭބޭފުޅު، އުމުރުފުޅުން 83 އަހަރުގެ،  މިހާރުގެ ނައިބު ޝެއިޚު މިޝާލް އަލް ޖާބިރުއެވެ.

ޝެއިޚް ނަވާފު ކުވައިތުގެ އަމީރުކަމާ ހަވާލުވެވަޑައިގަތީ 2020 ވަނަ އަހަރު، އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު، ޝެއިޚު ސަބާހު އަލް-އަހުމަދު އަލް-ޖާބިރު އަލް-ސަބާހު އަވަހާރަ ވުމާއި ގުޅިގެންނެވެ. ޝެއިޚު ސަބާހު އަލް-އަހުމަދު އަލް-ޖާބިރު އަލް-ސަބާހު އަވަހާރަވީ އުމުރުފުޅުން 91 އަހަރުގައި އެމެރިކާގައެވެ.

ޝައިޚް ނަވާފް ވެރިކަމާ ޙަވާލުވެވަޑައިގަތުމުގެ ކުރިން އެތައް ޒަމާނެއް ވަންދެން އިސް މަޤާމުތައް ވަނީ އަދާކުރައްވާފައެވެ. 2006 ވަނަ އަހަރު އިރާގު ސިފައިން ތެލުގެ މުއްސަނދިކަން ލިބިފައިވާ ކުވައިތަށް އަރައިގަތްއިރު އޭނާ ހުންނެވީ ޑިފެންސް މިނިސްޓަރުގެ މަގާމުގަ އެވެ. އަދި ހަތިޔާރު އެޅި ޖަމާއަތްތަކުގެ ގޮންޖެހުންތަކާ ކުރިމަތިލުމުގައި އިންޓީރިއާ މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.

ނަވާފްއަކީ، ވެރިކަން ކުރާ އަލް ސަބާހް އާއިލާގެ ތެރޭގައި މަގުބޫލު، މަޑުމައިތިރިކަމުގެ ޝަރަފު ލިބިވަޑައިގެންފައިވާ އަދި ވަރަށް ބޮޑަށް ލޯ ޕްރޮފައިލް އެއް ދެމެހެއްޓެވި ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.