މިއަހަރު ނިމުމަކާ ގާތްވެފައި ވާއިރު މިއަހަރު އިންސްޓަގްރާމްގައި އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓެއް ހައިޕް އޯޑިޓަރ އިން މިވަނީ އާންމުކޮށްފަ އެވެ. މުޅި ދުނިޔޭގެ އެންމެންގެ ތެރެއިން އިންސްޓަގަރާމްގައި އެންމެ ނުފޫޒުގަދަ 1000 މީހުން ހިމަނައިގެން އާންމުކޮށްފައިވާ ލިސްޓުގެ އެންމެ ކުރީގައި އޮތް 25 ނަމުގެ ތެރޭގައި ހިމެނެނީ މުޅި އިންޑިއާ އިންވެސް 3 މީހެއްގެ ނަމެވެ.
އަނުޝްކާއާއި ވިރާޓްގެ އިތުރުން މި ލިސްޓުގެ ޓޮޕް 25ގައި ދެން ހިމެނެނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެވެ. މޯދީ އޮތީ މަޝްހޫރު ލަވަކިއުންތެރިޔާ ނިކީ މިނާޖަށްވުރެ މަތިން ލިސްޓްގެ 19 ވަނާގަ އެވެ. ނިކީ އޮތީ 21 ވަނާގައެވެ. މި ލިސްޓްގެ އެންމެ ކުރީގައި އުޅޭ އިންޑިއާ މީހަކަށް، ކްރިކެޓް ތަރި ވިރާޓް ކޯލީ އޮތީ 12 ވަނާގަ އެވެ. ވިރާޓަށްވުރެ ކުރީގައި އޮތީ އިންސްޓަގްރާމްގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓެވެ. އަދި ވިރާޓުގެ ދަށުގައި 13 ވަނާގައި އޮތީ އިނގިރޭސި މަޝްހޫރު ލަވަކިއުންތެރިޔާ، އެކްޓަރ، އަދި މޮޑެލް ޖެނިފަރ ލޮޕޭޒް އެވެ.
އަދި ވިރާޓްގެ އަންހެނުން އެކްޓަރ އަނުޝްކާ ޝަރަމާ އުޅެނީ ލިސްޓުގެ 25 ވަނާގައެވެ. ދެން މި ލިސްޓްގައި އެންމެ ކައިރިން އިންޑިއާ މީހަކަށް އޮތީ 45 ވަނާގައި އޮތް އެކްޓަރ ކެޓްރީނާ ކައިފްއެވެ.
މުޅި ދުނިޔެއިން އިންސްޓަގަރާމްގައި އެންމެ ނުފޫޒުގަދަ މީހަކީ ޕޯޗުގަލްގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ދެވަނާގައި ކަޔިލީ ޖެނާ، ތިންވަނާގައި ކެންޑަލް ޖެނާ އޮތް އިރު، އާޖެންޓީނާގެ ފްޓްބޯޅަ ތަރި މެސީ އޮތީ ހަތަރު ވަނާގައެވެ.
މުޅި ދުނިޔެއިން އިންސްޓަގަރާމްގައި އެންމެ ނުފޫޒުގަދަ 10 މީހުން:
1 – ކްރިސްޓިއާނޯ ރޮނާލްޑޯ
2 – ކަޔިލީ ޖެނާ
3 – ކެންޑަލް ޖެނާ
4 – ލިއޮނަލް މެސީ
5 – ސެލީނާ ގޮމޭޒް
6 – އަރިއާނާ ގްރާންޑޭ
7 – ބިއްލީ އައިލިޝް
8 – ކިމް ކާޑޭޝިއަން
9 – ޒެންޑަޔާ
10 – ބިޔޯންސޭ
ވިރާޓާއި އަނުޝްކާގެ ފުރަތަމަ ދަރިފުޅަށް ޖަނަވަރީ މަހު މަރުހަބާކިޔަން އެ ދެމީހުން ތައްޔާރުވަމުން ގެންދާއިރު އަނުޝްކާ ބަނޑުބޮޑުކަން އޯގަސްޓް މަހު އާނމުންނަށް އަނގާލީ ވެސް އިންސްޓަގްރާމް މެދުވެރިކޮށެވެ.
ކޮމެންޓު ފޮނުވާ