ބަންގްލަދޭޝްގައި މަރުވެފައި އޮއްވާ ފެނުނު ދިވެހި ދަރިވަރު ރައުދާ އާޠިފްގެ މަރުގެ މައްސަލައިގެ ހަގީގަތަކީ އޮޅުވާލައިވާ ބޮޑު ޖަރީމާއެއްކަމަށް ބުނެ ރައުދާ ބައްޕަ މުހައްމަދު އާތިފްގެ ބޮޑެތި ތުހުމަތުތަކެއް ހިއްސާ ކުރައްވައިފިއެވެ.
ރައުދާގެ މަރާއި ގުޅިގެން އާތިފް ދަނީ ދޭތެރެ ދޭތެރެއިން އެކި ވާހަތައް ހީއްސާ ކުރަމުންނެވެ. އެގޮތުން އެންމެ ފަހުން އާތިފްގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ މިޤައުމަކީ މިއަދު ވަކި ބަޔަކަށް އިންސާފު އޮތް ޤައުމެއް ކަމަށެވެ. ވަކި މީހެއްގެ ދަރިއެއް ވަކި އާއިލާއަކަށް ނިސްބަތްވާ މީހެއްގެ މައްސަލަތެއް ނުބެލި އިންސާފު އޮތީ ވަކި މީހަކަށް ކަމަށެވެ. އޭނާ ބުނީ ރައުދާ މަރާލާފައިވާކަމީ އޮޅުވާލެވޭނެ ހަގީގަތެއް ނޫންކަމަށެވެ. އަދި ރައުދާއަކީ އަފްރާޝީމްގެ މަރުގެ ހަގީގަތް އެގި ހުރި މީހެއްކަމަށް މަރުގެ ކުރިން ބުނެފައިވާކަމަށާއި، ރައުދާ ރައްޓެހިވެގެން އުޅުނީ ރައީސް ނަސީދުގެ ބޮޑުބޭބެގެ ކެރަފާ އަބްދުލްގަނީގެ ދަރިކެރަފާ ސާހީ ގަނީ އާއި ކަމަށެވެ.
އަހެންގެދަރި ރައުދާ ވަނީމަރާލާފަކަން ނޭންގޭވަރުގެ މީހެއްނޫންމުމަމީކީ. ޑޮކްޓަރުކަން ކިޔެވީ އިންޑިއާގެ ޓޮޕްޓެން މެޑިކަލްކޮލެޖަކުން. ހުސްނުއް ސޫދުއަށްވެސް އެގޭނެ ޑޮކްޓަރެއެއްނޫން ވިއަސް. ﷲ ދެނެވޮޑިގެންވޭ ހަދައިގެން ތިބި ދޮގު. ހުސްނުއް ސޫދުގެ އަނގައިންބުނީ ރައުދާއަށް މަރުގެ އިންޒާރު ފޮނުވި މީހަކީ ކެރަފާ ވަސީމާ މުހައްމަދުކަން. ކެރަފާ ވަސީމާ އަކީ ރައީސް ސޯލިހުގެ އަނބިކަބަލުން ފަޒުނާ ގެ ދެބެންގެ ދެދަރި ދައްތަ. ރައުދާ ރައްޓެހިވެގެން އުޅުނީ ރައީސް ނަސީދުގެ ބޮޑުބޭބެގެ ކެރަފާ އަބްދުލްގަނީގެ ދަރިކެރަފާ ސާހީ ގަނީއާއި. ދިރިހުރެ ރައުދާބުނި އަފްރާސީމްގެ މަރުގެ އޭޓު ޒެޑަށް އެގޭކަމަށް. ރައުދާގެ ފުރާނައަށް ނުރައްކަލެކޭ. މަރުކަމިޝަނުން މިމަރުއޮޅުވާލީކީ މީއަރަތެއްނޫން. 7 އުޑުމަތިން ބާވާލެއްވިގުރުއާން ގަންދީ ﷲ ހެކިކޮށްބުނާ ވާހަކަމީ.
– އާތިފް ބުނެފައިވެއެވެ.
އާތިފް ބުނެފައިވަނީ މަރު ކޮމިޝަނުން ރައުދާގެ މައްސަލަ ބެލިއިރު ސުއޫދު ދެއްކެވި ވާހަތަކަކީވެސް އޮޅުވާލެވޭނެ ވާހަކަތަކެއް ނޫންކަމަށެވެ. މިއަދު ސުއޫދު ސްޕްރީމް ކޯޓުގައި އިންނެވުމަކީ އެތަން ސުދޫމް ކޯޓުގެ ގޮތުގައި ދެކެމަށްވެސް އޮތް ފުރުސަތެއް ކަމަށެވެ. އަދި އޭރު މިމައްސަލަ ތަހުގީގު ކުރަން ފުލުުންގެ ފަރާތުން ފޮނުވި ރިޔާޒަށް ރައީސް ޞާލިހު އިތުރު ޕްރޮމޯޝަނެއް ދެއްވައި މަޤާމު މަތި ކުރިކަމީވެސް ފެންނަން އޮތް ހަގީގަތްކަމަށް އާތިފް ބުނެފައިވެއެވެ.
ރައުދާމަރުވިގޮތް ހުސްނު ސުއޫދު އޮޅުވާލާފަ އެއިނީ އެންމެމަތީފަންޑިޔާރުގެ ސަދޫމް ކޯޓަށްއެތަންނުވަނީތޯ މިއަދު. މަމީރައުދާގެ ބައްޕަ. އަހަރެން މަރާވެސްލެވިދާނެ. ނަމަވެސް ހަޤީޤަތްނުފޮރުވޭނެ. އެކަންކުރަން ބަންގާޅަށް ފޮނުވި ފުލުސް މުހައްމަދު ރިއާޒަށް ރައީސް ސޯލިހުއެހުރީ އަލުން ފުލުހުންގެ ވަޒީފާދީ އެސިސްޓަންޓް ޕޮލިސް ކަމިޝަނަރުކަމަށްވެސް ޕްރޮމޯޓް ކޮށްފަ. ﷲ ދެއްވި ހަމަބުއްދީގެ ބޭނުން ހިފާމީހަކު ބުނެދީބަލަ މީއަރަތެއްތޯ. ރައުދާއަކީ ތިޔައިންމީހެއްގެ ދަރިއެއްނުމަ ބުނާނީކޭތޯ؟
– އާތިފް ބުނެފައިވެއެވެ.
ވބަންގްލަދޭޝްގެ އިސްލާމީ ބެންކް މެޑިކަލް ކޮލެޖުގައި ތައުލީމް ހާސިލްކުރަމުންދިޔަ ޢުމުރުން 21 އަހަރުގެ ރައުދާ މަރުވެފައި އޮތްވާ ފެނުނީ އޭނާ ދިއރިއުޅުނު ކޮޓަރިތެރޭގަައި ދަންޖެހިފައި ހުއްޓާ 2017 ވަނަ އަހަރުގެ މާޗްމަހުގެ 29 ވަނަ ދުވަހުއެވެ.
ރައުދާ އާތިފް މަރުވިއިރު އޭނާ ދިޔައީ ބަންގްލަދޭޝްގެ އިސްލާމިކް ބޭންކް މެޑިކަލް ކޮލެޖުން އެމްބީބީއެސް ހަދަމުންނެވެ. ރައުދާގެ މަރުގެ މައްސަލަ ތަހްޤީގްކުރުމަށް އޭނާގެ ހަށިގަނޑުވަނީ ޕޯސްޓްމޯޓަމްވެސް ހަދާފައެވެ. އެއަށްފަހު އޭނާ މަރުވީ އަމިއްލައަށް ދަންޖެހިގެންކަމަށް ބަންގްލަދޭޝް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ރައުދާގެ އާއިލާއިން އަންނަނީ އެކަން ދޮގުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ