ޣައްޒާގައި މަރުވި އިސްރާއީލުގެ ދެ ރަހީނުންގެ ހަށިތައް އާއިލާތަކާއި ހަވާލު ކޮށްފި

ޣައްޒާގައި މަރުވި އިސްރާއީލުގެ ދެ ރަހީނުންގެ ހަށިތައް އާއިލާތަކާއި ހަވާލު ކޮށްފި

Author
ހުސެއިން
13 ޑިސެމްބަރ 2023 06:14
0

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާގައި ހިފާފައިވާ ދެ މީހެއްގެ ހަށިގަނޑު ޣައްޒާގައި ހިންގި އޮޕަރޭޝަނެއްގައި ފެނިފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން އަންގާރަ ދުވަހު ބުނެފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އެ މީހުންގެ ހަށިގަނޑުތައް، އެއީ ކޮން ބައެއްކަން ވަކި ކުރެވުމާއި ގުޅިގެން، ކަމާބެހޭ ފަރާތްތަކުން "އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް ޖަމާއަތުން ރަހީނުކުރި އެޑެން ޒަކަރިއްޔާ އާއި ޒިވް ދާޑޯގެ ހަށިތައް އާއިލާތަކަށް  އަނބުރާ އިޒްރޭލަށް ފޮނުވާލާފައިވާ" ކަމަށެވެ.

ހަމާސް ޖަމާއަތުން ހިންގާ ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން އަންގާރަ ދުވަހު ބުނީ ފަލަސްތީނުގެ ސަރަހައްދުގައި އިސްރާއީލާއި ހަމާސް އާ ދެމެދު ހިނގި ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު 18،412 އަށް އަރާފައިވާ ކަމަށެވެ. އަދި 50،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ހަމާސް ޖަމާއަތުން ބުނެފައިވަނީ އިސްރާއީލުގެ އުދުވާން ހުއްޓާ ނުލަނީސް، ޣައްޒާގައި ރަހީން ކޮށްފައިވާ އިސްރާއިލުގެ ރައްޔިތުން ދިރިތިއްބާ މިނިވަން ނުކުރާނެ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.