އެމްއެންޑީއެފްގެ ދެ ޖެނަރަލަކު ރިޓަޔަރ ކުރައްވަިފި

އެމްއެންޑީއެފްގެ ދެ ޖެނަރަލަކު ރިޓަޔަރ ކުރައްވަިފި

Author
ހުސެއިން
13 ޑިސެމްބަރ 2023 05:56
0

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ދެ ޖެނެރަލަކު އިއްޔެ ރިޓަޔަ ކުރައްވައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރައްވާފައިވަނީ މޭޖަރ ޖެނެރަލް ޙާމިދު ޝަފީޤް އާއި މޭޖަރ ޖެނެރަލް ވައިޘް ވަޙީދު ކަމަށެވެ.

ދެ ބޭފުޅުންގެ ތެރެއިން މޭޖަރ ޖެނެރަލް ޙާމިދު ޝަފީޤް އަކީ އެމްއެންޑީއެފަށް 33 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅަކަށްވާއިރު، މޭޖަރ ޖެނެރަލް ވައިޘް ވަޙީދު 34 އަހަރު ހިދުމަތް ކުރައްވާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.