ފޮރިން ސެކްރެޓަރީގެ މަގާމަށް އިނާޔާ ޢައްޔަނުކުރައްވައިފި

ފޮރިން ސެކްރެޓަރީގެ މަގާމަށް އިނާޔާ ޢައްޔަނުކުރައްވައިފި

Author
ހުސެއިން
12 ޑިސެމްބަރ 2023 11:57
0

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮރިން ސެކްރެޓަރީގެ މަގާމަށް ފާޠިމަތު ޢިނާޔާ، މައްޗަންގޮޅި ރެސްޓިންގހައުސް، މިއަދު ޢައްޔަނުކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ. އެކަމަނާއަށް މަގާމުގެ ފަތްކޮޅު ދެއްވާފައިވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ފާޠިމަތު ޢިނާޔާ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މިނިސްޓަރުގެ ނައިބުގެ މަގާމުގައެވެ. އެކަމަނާ ފޮރިން ސެކްރެޓަރީގެ މަގާމަށް ޢައްޔަނުކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ. އަދި މިއީ ރާއްޖޭގެ ތާރީޚުގައިވެސް ފޮރިން ސެކްރެޓަރީގެ މަގާމަށް އަންހެން ބޭފުޅަކު ޢައްޔަނުކުރެއްވި ފުރަތަމަ ފަހަރެވެ.

އަންހެނުން ބާރުވެރިކުރުވައި ހަމަހަމަ ފުރުޞަތު ހޯދައިދިނުމަކީ މި ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.