އަބުދުއްރަހީމް ފޮނަދޫ ދާއިރާއަށް ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވަނީ

އަބުދުއްރަހީމް ފޮނަދޫ ދާއިރާއަށް ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވަނީ

Author
ހުސެއިން
11 ޑިސެމްބަރ 2023 07:43
0

ރައީސް މުއިއްޒުގެ ޚާއްސަ މުޝީރު އަދި ޕީއެންސީގެ ޗެއަރޕާސަން އަބުދުއްރަހީމް ލ. ފޮނަދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައިފިއެވެ.

އަބުދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، 2024 ވަނަ އަހަރު ބޭއްވުމަށް ހަމަ ޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާއަށް ވާދަ ކުރުމަށް އޭނާ ނިންމައިފި ކަމަށާއި، ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ ތައީދު ދެއްވުމަށް ނުހަނު އިޚްލާޞްތެރިކަމާާއެކު އެދޭކަމަށެވެ.

އަބުދުއްރަހީމްއަކީ ރައީސް މުއިއްޒުއާއި އެންމެ ގާތް ގުޅުމެއް އޮންނަ އެއްފަރާތްކަން ފާހަގަ ކޮށްލެވެއެވެ. އަދި ރައީސް މުއިއްޒު ވަނީ ވެރިކަމުގެ ހުވާ ކުރެއްވުމާއެކު އެމަނިކުފާނުގެ ޚާއްސަ މުޝީރުކަމަށް އަބުދުއްރަހީމް އައްޔަން ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވ
އބުދުއްރަހީމު ތިއުޅެނީ ކިތަށްގޯނީގެވަޒީފާހޯދައްތަ ބައެއްގޯނީގެވަޒީފާ ނެއްމީހުނަށް.ދީބަލަ އެހެއްމީހުންގެބޭނުއްތަޒްވެސް ފުންދަން ާނެކަމް.ހަދާންކޮއްބަލަ އަމިއްލައެދުންތިހާބޮޑުނުކޮން