ރައީސް ޔާމިން ޕީއެންއެފް އޮފީހަށް ދިޔަ މައްސަލަ ކަރެކްޝަންސްއިން ބަލަނީ

ރައީސް ޔާމިން ޕީއެންއެފް އޮފީހަށް ދިޔަ މައްސަލަ ކަރެކްޝަންސްއިން ބަލަނީ

ކުރީގެ ރައީސް ޔާމިން އެމަނިކުފާނު އަލަށް އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ އޮފީހަށް ރޭ ވަޑައިގެންނެވި މައްސަލަ ބަލުމުންދާ ކަމުގައި ކެރެކްޝަންސްއިން ބުނެފިއެވެ.

ކަރެކްޝަނުން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ރޭ ރައީސް ޔާމިން ފީއެންއެފް އޮފީހަށް ވަޑައިގެންނެވި މައްސަލަ ކަރެކްޝަންސްއިން ދަނީ ބަލަމުން ކަމުގައެވެ.

ރައީސް ޔާމިން ރޭ ޕީއެންއެފްގެ އޮފީހަށް ވަަޑައިގެންނެވީ އެޕާޓީއަށް ސޮއި ކުރެއްވުމަށެވެ. ރައީސް ޔާމިން ޕީއެންއެފްއަށް ސޮއި ކުރައްވާފައި ވަނީ އެޕާޓީން ރޭ ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. ރައީސް ޔާމިން އެ ޕާޓީއަށް ސޮއި ކުރެއްވި ފޯމާ ހަވާލުވެވަޑައިގަތީ ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ކުރީގެ މިނިސްޓަރު މަލީހު ޖަމާލްއެވެ.

ސޮއި ކުރެއްވުމަށްފަހު ރައީސް ޔާމިން އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވާފައެއް ނުވެއެވެ.

މީގެކުރިންވެސް ރައީސް ޔާމިންވަނީ ގޭ ބަންދުގައި ހުންނަވަނިކޮށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެފައެވެ. އެފަހަރުވެސް ކަރެކްޝަންސްއިން ބުނެފައިވަނީ ރައީސް ޔާމިން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވި މައްސަލަ ބަލާނެ ކަމުގައެވެ. އަދި ކަރެކްޝަންސްއިން ބުނެފައިވަނީ ރައީސް ޔާމިންގެ ގޭ ބަންދަށް ލުއި ދީފައިވަނީ ބޭސްފަރުވާއާއި އަދި އެނޫންވެސް އެފަދަ ޒަރޫރީ ކަންކަމަށް އެކަނި ކަމުގައެވެ.

ޕީޕަލްސް ނޭޝަނަލް ފްރޮންޓު (ޕީއެންއެފް)އިން ދާދިފަހުން ބުނެފައިވަނީ، ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3،000 ސޮއި އެޕާޓީން ހަމަ ކޮށްފައިވާ ކަމުގައެވެ.

ޕީއެންއެފް ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޫކޮށްފައިވަނީ ފާއިތުވި ނޮވެމްބަރުމަހުގެ 19 ވަނަ ދުވަހުއެވެ.

ޕާޓީ އުފެއްދުމުގެ ހުއްދައާއި ހަވާލުވީ އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ޓީމުގެ މެމްބަންނެވެ. އޭގެ ތެރޭގައި ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލްއާއި، ކުރީގެ މިނިސްޓަރ މަލީހުއާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދުގެ އިތުރުން ޕީޕީއެމްގައި ކުރިން އިސްކޮށް ހަރަކާތްތެރިވި ބައެއް ފަރާތްތައްވެސް ހިމެނެއެވެ. ރައީސް ޔާމިން ގާނޫނީ ބަންދެއްގައި ހުންނެވުމާއި ގުޅިގެން ޕާޓީ އުފެއްދުމުގެ ހުއްދަ ދޫކޮށްފައިވަނީ ރައީސް ޔާމިންގެ ދަރިކަލުނ ޒެއިންގެ ނަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ރޔާމީނާ އަޅުވާލައިގެން ހާދަވަރަކަށޭ މި އުޅެނީ، ހަމަހައިރާންވޭ ކޮބައިތަ މިހާރު އަދީބާޒިޔަތު؟ އެންމެބޮޑު ދެ ޚިޔާނާތްތެރި ދެވަގު އިބިލީސްތާކިހާއަޅުވާފަ ފޮރުވިއަކަސް ކަމަކު ނުދާނެ،، ވަކިމީހަކާ ޖެހިގަނެގެން އަނިޔާވެރި ވުމަކީ އޮންނަ އުސޫލެއްނޫން.

Leave a Reply

Your email address will not be published. Required fields are marked *