އާޒިމާ ޝަކޫރުގެ މަންމާފުޅު ނިޔާވެއްޖެ

އާޒިމާ ޝަކޫރުގެ މަންމާފުޅު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
13 ޑިސެމްބަރ 2020 11:23
0

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މަންމާފުޅު ނިޔާވެއްޖެއެވެ.

އާޒިމާގެ އިތުރުން، މިސަރުކާރުގެ ހައުސިން މިނިސްޓަރުގެ މަޤާމު ފުރުއްވި އާތިފާ ޝަކޫރާއި، އާތިފް ޝަކޫރުގެވެސް މަންމާފުޅު ނިޔާވުމާއި ގުޅިގެން ގިނަބަޔަކު ދަނީ ތައުޒިޔާ ވިދާޅުވަމުންނެވެ.

އާޒިމާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ މަންމަ ނިޔާވެފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްކަމަށެވެ. އަދި ޖަނާޒާ މިއަދު އަޞްރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި، ވީހާވެސް ގިނަ ބަޔަކު ޖަނާޒާގައި ބައިވެރިވުމަށް އާޒިމާ ވަނީ އެދިވަޑައިގެންފައެވެ.

އާޒިމާގެ ބައްޕާފުޅަކީވެސް ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ވަރަށް ޚިދުމަތްތެރި ބޭފުޅެވެ. މަރުހޫމް ޝުކޫރު ނިޔާވެފައިވަ މީގެ 3 އަހަރެއްހާ ދުވަސް ކުރިންނެވެ. ޝަކޫރުގެ ގިނަ ބޭފުޅުންނަކީ ސަރުކާރުގެ ގިނަ މަޤާމުތައް ފުއްވާފައިވާ، އަދި މިހާރުވެސް ފުރުއްވަމުންދާ ބޭފުޅުންތަކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.