"އެނިމަލް" ގެ ސަބަބުން ތްރިޕްތީ ވެސް މަޝްހޫރު ވެއްޖެ

"އެނިމަލް" ގެ ސަބަބުން ތްރިޕްތީ ވެސް މަޝްހޫރު ވެއްޖެ

Author
ފާތިމަތު ނާވީ
09 ޑިސެމްބަރ 2023 06:14
0

މި މަހުގެ 1 ވަނަ ދުވަހުުގައި ރިލީޒް ކުރި ފިލްމް "އެނިމަލް"ގެ ސަޕޯޓިން ރޯލެއް ކުޅުނު ޓްރިޕްތީ ދިމްރީ ގެ ވިދުން ވަރަށް ބޮޑަށް ގަދަވެއްޖެ އެވެ.

މި ފިލްމް ވެގެން ގޮސްފައިވަނީ ވަރަށް ކާމިޔާބު ފިލްމް އަކަށެވެ. ފިލްްމަށް އާންމުން ގެ ތަރުހީބާއި ބޮކްސް އޮފީހުގައި ހޯދަމުން އަންނަ ކާމިޔާބު ފަނޑުވުމެއް ނެތެވެ. ފިލްމް ވަނީ ވައިގައި ހިފައިފައިއެވެ.

ފިލްމް ގެ ލީޑުން ފެނިގެންދަނީ ރަންބީރު ކަޕޫރު އާއި ރަޝްމިކާ މަންދަނާއެވެ. މި ދެތަރިންނާއި އެކުގައި ފިލްމް ގައި ސަޕޯޓިންގ ރޯލު ތަކުން ފެނިގެންދިއަ ތަރިންގެ ވެސް ވިދުން މިވަނީ ގަދަވެފައިއެވެ.

 

View this post on Instagram

 

A post shared by Triptii Dimri (@tripti_dimri)

 

އެއާއި އެކުގައި ތުރިޕްތީގެ އިންސްޓަގްރާމް ފޮލޮވާސްގެ އަދަދު ހަފުތާއެއްގެ ދެ މިލިއަނަށް ވުރެ މައްޗަށް އަރައިފި އެވެ. އޭނާގެ ފޮލޮވާސްގެ އަދަދު ކުއްލިއަކަށް މައްޗަށް ދިޔައީ  އެ ފިލްމުގައި އޭނާ ކުޅުނު ރޯލަށް ލިބުނު ހާއްސަ ސަމާލުކަމާ ގުޅިގެންނެވެ.

"އެނިމަލް" މިހާތަނަށް ބެލި ވަރަށް ގިނަ ބަޔަކު ފާހަގަކޮށްފައިވާ ގޮތުގައި ރަންބީރާއި ޓްރިޕްތީ އެކީގައި ފެންނަ މަންޒަރުތަކަކީ ފިލްމެ ހާއްސަ ހައިލައިޓްތަކެވެ. ގިނަ ބަޔަކު ވަނީ ތައުރީފް ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Triptii Dimri (@tripti_dimri)

 

ތުރިޕްތީ ބޮލީވުޑަށް ތައާރަފުވީ 2017 ވަނަ އަހަރު ނުކުތް ސްރީދޭވީގެ ފިލްމު "މޯމް"ގައި ކުޅުނު ކުޑަކުޑަ ރޯލަކުންނެވެ. އޭނާ ލީޑު ރޯލެއް ކުޅުނު ފިލްމެއް އެންމެ ފުރަތަމަ ނުކުތީ 2018 ވަނަ އަހަރުގަ އެވެ. "ލައިލާ މަޖްނޫ" ކިޔާ އެ ފިލްމަށް މާ ބޮޑު ތަރުހީބެއް ނުލިބި، ފްލޮޕްވީ އެވެ.

އޭގެ ފަހުން ނުކުތް އޭނާ ލީޑު ރޯލު ކުޅުނު ދެ ފިލްމަށް ވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ. އެއީ 2020 ވަނަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން "ބުލްބުލް" އާއި މިދިޔަ އަހަރު ގެނެސްދިން "ގަލާ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.