ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް ބަޖެޓުގައި 10 މިލިއަން ރުފިޔާ

ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް ބަޖެޓުގައި 10 މިލިއަން ރުފިޔާ

Author
ހުސެއިން
08 ޑިސެމްބަރ 2023 10:28
0

ކުރީ ސަރުކާރުން ދޫ ދިނުމުގެ ސަބަބުން ރާއްޖެއަށް ގެއްލިފައިވާކަމަށް އޭރުގެ އިނދިކޮޅު ފަރާތްތަކުން ބުނެފައިވާ ކަނޑުގެ ސަރަހައްދާއި ގުޅޭގޮތުން އިޓްލޮސްއިން ނިންމާފައިވާ ނިންމުން އިސްތިއުނާފް ކުރުމުގެ މަސައްކަތްތަކަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 10 މިލިއަން ހިމަނައިފިއެވެ.

ފާއިތުވި ރިޔާސީ ކެމްޕޭންގައި ރައީސް މުއިއްޒު ވަނީ ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އަތުލި ކަނޑުގެ ސަރަހައްދު އަނބުރާ ހޯދާ ދެއްވާނެކަމަށް ވައުދު ވެފައެވެ. އަދި މުއިއްޒު ވިދާޅުވެފައިވަނީ ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަކީ ދިވެހި ރައްޔިތުންގެ ވާޖިބެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.

ފާއިތުވި އަހަރު އިޓްލޮސް ކުރި ހުކުމުން  ވަނީ ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ލިބޭގޮތަށް ނިންމާ، މޮރިޝަސް ރާއްޖޭގެ ދެކުނުން އޮތް ކަނޑުގެ 45،331 އަކަކިލޯ ދޭން ނިންމާފައެވެ. މިއީ ކުރީ ސަރުކާރަށް ލިބުނު ކާމިޔާބެއްކަމަށް އެ ސަރުކާރުން ބުނި ނަމަވެސް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ މިއީ ބޮޑު ޖަރީމާއެއް ކަމަށް ވިދާޅުވެފައެވެ.

އަދި ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިޓްލޮސްގެ ހުކުމް އިސްތިއުނާފް ކުރުމަށް ހިމަނާފައެވެ.

އަންނަ އަހަރަށް ލަފާކޮށް ބަޖެޓް ކޮމިޓީން ރޭ ވަނީ ކުރީ ސަރުކާރުން ހުށަހެޅި 48.8 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.