މިހާރު ބޮލީވުޑްގައި އެންމެ ގަދަ އަށް ދެކެވެމުން އަންނަ އެއް އެއް ވާހަކަ އަކީ މިފަހުން ރިލީޒް ކުރި "އެނިމަލް" ގެ ވާހަކައެވެ.
މި ފިލްމް ރިލީޒް ކުރުމާއި އެކުގައި ފިލްމް އަންނަނީ ވަރަށް ބޮޑު ތަރުހީބެއް ހޯދަމުންނެވެ. ލީޑުން ރަންބީރު ކަޕޫރު އާއި ރަޝްމިކާ މަންދަނާ ފެނިގެންދާ މި ފިލްމްގައި ސަޕޯޓިން ރޯލު ތަކުން ފެނިގެން ދިއަ ތަރިންގެ މަގުބޫލު ކަން ވެސް ވަކި ކުޑައެއް ނޫނެވެ.
އެގޮތުން ފިލްްމް ގެ ވިލަން އެއް ގޮތުގައި ފެނިގެންދާ ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ބޮބީ ޑިއޯލް ގެ އެންޓަރީ އަކީ ފިލްމް ގައި ފާހަގަ ކޮށްލެވޭ އެއް މަންޒަރެވެ. މީ ފިލްމްގެ ހައިލައިޓް އެކެވެ.
"ޖަމާލް ކުދޫ" ކިޔާ މި ލަވަ ފީޗާކޮށްފައި ވަނީ މި ފިލްމުގައި މުހިންމު ރޯލެއް ކުޅޭ ބޮބީ ޑިއޯލްގެ އެންޓްރީ ސީންގަ އެވެ. މި ލަވަ އެންޓްރީ ސީން އަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ސިންއެކެވެ. އީރާނުގެ މި ލަވަ ވައިގައި ހިފައި މިހާރު އަންނަނީ ސޯޝަލް މީޑީއާގައި ވެސް ތްރެންޑް ވަމުންނެވެ. ހާއްސަކޮން ޓިކްޓިކްގައިއެވެ.
ފާރިސީ ބަހުން ކިޔާފައި މި ލޯބީގެ ލަވަ އަކީ 1950ގެ އަހަރުތަކުގައި އީރާނުގެ ހައި ސްކޫލެއްގައި ކުދިންތަކެއް ކިޔާ އުޅުނު ލަވައެކެވެ. އޭގެ ފަހުން މި ލަވައިގެ އެކި ވާޝަންތައް ނުކުމެފައިވެ އެވެ. އީރާނުގެ ކައިވެނި ޕާޓީތަކުގައި ވެސް މި ލަވަ ވަރަށް ގިނައިން ޖަހަ އެވެ.
މި ފިލްމަކީ "ކަބީރް ސިންގް" އާއި "އަރުޖުން ރެއްޑީ" ކަހަލަ ފިލްމުތައް ހެދި ސަންދީޕް ވެންގާ ރެއްޑީގެ ޑައިރެކްޝަނެކެވެ.