"އެނިމަލް" ގެ ފޯރި ވަރަށް ގަދަ

"އެނިމަލް" ގެ ފޯރި ވަރަށް ގަދަ

މި މަހުގެ 1 ވަނަ ދުވަހުުގައި ރިލީޒް ކުރި ފިލްމް "އެނިމަލް" ގެ ފޯރި ވަރަށް ގަދަވެ، ފިލްމުގެ ޖާދޫގައި ހަމަ ރަނގަޅަށް ވެސް ބެލުންތެރިން ޖައްސައިފައިއެވެ.

"އެނިމަލް" އަށް އެންމެ ހަ ދުވަސް ތެރޭގައި ދުނިޔޭގެ ބޮކްސް އޮފީހުގައި 500 ކްރޯޑް ރުޕީސް (59 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު ލިބިއްޖެ އެވެ. މި ފިލްމް އަކީ އެޅުވިި ދުވަހު ވެސް އެންމެ ބޮޑު އާމްދަނީ އެއް މިއަހަރު ހޯދި ފިލްމް ތަކުގެ ތެރެއިން އެއް ފިލްމްއެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އިއްޔެގެ ނިޔަލަށް މި ފިލްމަށް ވަނީ ދުނިޔޭގެ ބޮކްސް އޮފީހުގައި ޖުމްލަ 587 ކްރޯޑް ރުޕީސް (70 މިލިއަން ޑޮލަރު) ލިބިފަ އެވެ. އޭގެ ތެރެއިން 313 ކްރޯޑް ރުޕީސް (37 މިލިއަން ޑޮލަރު) އަކީ ހަމައެކަނި އިންޑިއާގެ ސިނަމާތަކުގައި ދައްކައިގެން ލިބުނު އާމްދަނީ އެވެ.

"އެނިމަލް" އަކީ 100 ކްރޯޑް ރުޕީސް (11 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން ހެދި ފިލްމެކެވެ. ފިލްމް ގެ ލީޑުން ފެނިގެންދަނީ ރަންބީރު ކަޕޫރު އާއި ރަޝްމިކާ މަންދަނާއެވެ. ބޮޑެތި ފާދުކިއުން ތަކެއް ފިލްމް އަށް ލިބުން ނަމަވެސް ލިބޭ ތަރުހީބު ވަރަށް ބޮޑެވެ.

ލީޑު ގެ އިތުރުން ސަޕޯޓިން ރޯލު ތަކުން ފެނިގެންދާ ތަރިންގެ މަގުބޫލު ކަން ވެސް ފިލްމް އާއި އެކުގައި މިހާރު ވަނީ ދެގުނަ އިތުރު ވެގެން ގޮސްފައިއެވެ. މި ފިލްމް ވެގެން ގޮސްފައިވަނީ ވަރަށް ކާމިޔާބު ފިލްމް އަކަށެވެ.

މި ޑާކް އެކްޝަން ތުރިލާ އަކީ 2019 ގެ ކާމިޔާބު ފިލްމު "ކަބީރް ސިންގް" ގެނެސްދިން ސަންދީޕް ރެޑީ ވަންގާ ހަދާފައިވާ އެއްޗެކެވެ. ލީޑުން ރަންބީރު އާއި އެކައި ފެނިގެންދާނީ ސައުތުގެ މަޝްހޫރު ބަތަލާ ރަޝްމިކާ މަންދަނާއެވެ. ފިލްމްގެ ކާސްޓުގައި އަނިލް ކަޕޫރާއި ބޮބީ ޑިއޯލްގެ އިތުރުން ޓްރިޕްތީ ދިމްރީ ވެސް ހިމެނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *