ހާލުގައިޖެހުނު މުދާއުފުލާ ދޯންޏަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

ހާލުގައިޖެހުނު މުދާއުފުލާ ދޯންޏަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

Author
ހުސެއިން
08 ޑިސެމްބަރ 2023 03:54
0
މާލެއިން ފުރައިގެން އައްޑޫ ސިޓީއަށް ދަތުރުކުރަމުންދިޔަ "އާގަލާ ކުއީން" ނަމަކަށް ކިޔާ ބާޓެއްގެ އިންޖީނަށް މައްސަލަތަކެއް ދިމާވެ، ހާލުގައިޖެހި އެހީތެރިކަމަށް އެދުމުން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށް ދީފިއެވެ.
އެމްއެންޑިއެފްއިން ބުނެފައިވަނީ މިބޯޓުގައި ނުވަ ފަޅުވެރިން ތިބިކަމުގައެވެ. އަދި މާލެއިން ފުރައިގެން ސ.ހިތަދޫއަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ މިބޯޓު، ލ.އިސްދޫ ކައިރިން ސްޓިއަރިންގ ފެއިލްވެގެން އެހީތެރިކަމަށް އެދުމުން އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމުގައެވެ.

ރާއްޖޭގެ މި ހަފްތާ ބަންދުގައި މޫސުން ގޯސްވެ ރީދޫ ސަމާލުވެސް ނެރެފައިވާއިރު ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ކަނޑުމަތީގައި އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ވީހާ އަވަހަކަށް އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދުމަށްވެސް ރަސްމީ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މޫސުމް
ވެދެއްވި އަވަސް އެހީތެރިކަމަށް ޝުކުރު އަދާކުރަން - ދިވެހިރަްޔިތެއް