އައްޑޫގެ ގުޅިގައިވާ ރަށްތަކުން އަދިވެސް ފެނުގެ ޚިދުމަތް ކެނޑިފައި

އައްޑޫގެ ގުޅިގައިވާ ރަށްތަކުން އަދިވެސް ފެނުގެ ޚިދުމަތް ކެނޑިފައި

Author
ހުސެއިން
08 ޑިސެމްބަރ 2023 09:56
0
ދިމާވި ކުއްލި ޓެކްނިކަލް މައްސަލައެއްގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ޙިދުމަތް އަދިވެސް ވަނީ މެދުކެނޑިފައި ކަމަށާއި، މިއަދުގެ ވަގުތެއްގައި ޚިދުމަތް އަލުން ދެވެން ފެށޭނެކަމަށް އުއްމީދު ކުރާކަމުގައި ފެނެކަ ކޯޕަރޭޝަންއިން ބުނެފިއެވެ.
އިއްޔެއިން ފެށިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ޚިދުމަތް މެދުކެނޑިފައި ވަނިކޮށް ފެނަކައިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ފެނުގެ ޙިދުމަތް މެދުކެނޑެން ދިމާވީ އާރް.އޯ ޕްލާންޓްގެ ވީ.އެފް.ޑީ ޑްރައިވް އަށް ދިމާވި މައްސަލައެއްގެ ސަބަބުންކަމުގައެވެ.
އަދި ވީ.އެފް.ޑީ ޑްރައިވް އެއް ހޯދި މާލެއިން އައްޑޫ އަށް އެންމެ އަވަހަށް ދަތުރުކުރާ ފްލައިޓް އަކުން އެއަރ ފްރައިޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމުގައިވެސް އެކުންފުނިން ބުނެފައި ވެއެވެ.

އެގޮތުން މިއަދުގެ ވަގުތެއްގައި ފެނުގެ ޙިދުމަތް ދެވެން ފެށޭނެ ކަމަށް އުއްމީދުކުރާކަމަށްވެސް ފެނަކައިން ބުނެފައި ވެއެވެ.
ފެނަކައިން ވަނީ ފެނުގެ ޚިދުމަތް މެދުކެނޑިފައިވާތީ އައްޑޫގެ ރައްޔިތުން ކިބައިން ނިހާޔަތަށް މަޢާފަށް އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.