ޕީޕީއެމް/ޕީއެންސީގެ މަޖިލީސް ޕްރައިމަރީގައި ވާދަކުރަން އެމްޑީއޭ އިން ހުޅުވާލައިފި

ޕީޕީއެމް/ޕީއެންސީގެ މަޖިލީސް ޕްރައިމަރީގައި ވާދަކުރަން އެމްޑީއޭ އިން ހުޅުވާލައިފި

ކުރިޔަށް އޮތް، ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމަށް އެމްޑީއޭއިން ހުޅުވާލައިފިއެވެ.

އެމްޑީއޭއިން  ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ޕޮރޮގްރެސިވް ކޮންގަރެސް ކޯލިޝަނުން މަޖިލިސް ޕްރައިމެރީ ކުރިއަށް ގެންދިއުމަށް އެކުލަވައިލާފައިވާ ގައިޑްލައިންގައިވާ ގޮތުގެ މަތިން، އެ ކޯލިޝަންގެ ލީޑަޝިޕާ އެއްބަސްވެވޭ އުސޫލެއްގެ ތެރެއިން އިތުރު ސިޔާސީ ޕާޓީތަކަށް ޕްރައިމެރީގައި ބައިވެރިވުމުގެ ފުރުސަތު އެޕާޓީގެ މެމްބަރުންނަށް ހުޅުވައިލައިފައިވާ ކަމުގައެވެ.

އެމްޑީއޭއިން ކޯލިޝަން ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިވާ މީހުންގެ ފުރިހަމަ ވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި، 2023 ޑިސެންބަރު 10 ވަނަ ދުވަހުގެ ނިޔަލަށް ޕާޓީގެ ދަފުތަރުގައި ހިމެނިފައިވުމާއި، ޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް އެއްވެސް ފިޔަވަޅެއް އަޅައިފައިނުވާ ފަރާތަކަށްވުމުގެ އިތުރުން، ގާނޫނު އަސާސީންނާއި، ގާނޫނުތަކުން އެ އިންތިޚާބަކަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަންވާ ޝަރުތައް ފުރިހަމަވުން ހިމެނެއެވެ. އަދި އެފަރާތަކީ އަބުރުވެރި ނަޒާހަތްތެރި މީހެއް ކަމުގައިވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމަނާފައި ވެއެވެ.

އެމްޑީއޭއިން ބުނީ ކޯލިޝަން އުސޫލާ އެއްގޮތައް ޕްރައިމެރިގައި ޕާޓީގެ ފަރާތުން ވާދަކުރުމަށް ޝައުގުވެރިވާ މީހުން ފުރިހަމަ ކުރަންޖެހޭ ފޯމާއި ކެންޑިޑޭޓުން ފުރިހަމަ ކުރަންޖެހޭ އިޤުރާރު އަންނަ ހޯމަ ދުވަހުގެ 14:00 ކުރިން ޕާޓީ އޮފީހަށް ނުވަތަ ޕާޓީގެ އީމެއިލަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި  ފޯމާއި އިޤުރާރު އިއްޔެއިން ފެށިގެން ހެނދުނު 9:00އިން މެންދުރު 14:00 އަށް އެޕާޓީ އޮފީހުން ލިބެން ހުންނާނެ ކަމަށްވެސް އެމްޑީއޭގެ އިއުލާނުގައި ވެއެވެ.

ވެރިކަންކުރާ ކޯލިޝަންގައި އެމްއެންޕީއާއި ހިމެނުނު ނަމަވެސް، އެޕާޓީގެ ތެރެެއިން ކެބިނެޓްގައި އެމްޑީއޭ ތަމްސީލެއް ނުކުރެއެވެ. އަދި އެ ޕާޓީއަކީ ކެމްޕޭންގައިވެސް އެއްވެސް ދައުރެއް އަދާކޮށްފައިވާ ޕާޓީއެއްވެސް ނޫންކަން ފާހަގަ ކޮށްލެވެއެވެ. 

އެމްޑީއޭއިން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ތާއީދު ކޮށްފައިވަނީ ރައީސް ސާލިހަށެވެ. އެހެންނަމެސް ރައީސް ސާލިހަށް އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަމަށް ބަލާ، އެމްޑީއޭއިން ވަނީ ފުރަތަމަ ބުރުގެ ނަތީޖާއަށްފަހު އެ ކޯލިޝަން ރޫޅާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *