މަސްވެރިންނަށް އިތުރު 106 މިލިއަން ރުފިޔާ ދީފި

މަސްވެރިންނަށް އިތުރު 106 މިލިއަން ރުފިޔާ ދީފި

Author
ހުސެއިން
07 ޑިސެމްބަރ 2023 08:45
0

މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން 106 މިލިއަން މަސްވެރިންނަށް ދޫކޮށްފިއެވެ.

މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދި ޝިޔާމް އެކްސްގަައި ކުރި ޓުވީޓެއްގައި ބުނެފައިވަނީ، މި ވަގުތު މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސްކިރާފައި ނުލިބި ހުރި ފައިސާ ލަސްވާ ލަސްވުން ކަމަށާއި އެކަމުގެ ސަބަބުން މަސްވެެރި އާއިލާ ތަކުގެ ޒަރޫރީ އެތައް ކަމަކަށް މިކަމުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް އުނދަގޫވެފައިި ކަމަށެވެ.

ރައީސުލްޖުމްހޫރއްޔާގެ ވިސްނުންފުޅަކީ މިކަމަށް ދާއިމީ ހައްލެއް ގެނެވޭނެ ގޮތަށް ކަންކަން ތަރުތީބު ކުރެއްވުން. އެކަމަށް ހުރި ހިރާސްތައް ނައްތާލެއްވުމުގެ މަސައްކަތްޕުޅު ބާރަށް ކުރިޔަށް އެބަގެންދަވާ 106 މިލިއަން ރުފިޔާ މިރޭ މަސްވެރިންނަށް ދެވޭނެ އިންތިޒާމުވެސް މިހާރުވަނީ ރައީސް ހަމަޖައްސަވާފައި.

މިނިސްޓަރު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި މަސްވެރިންނަށް ދޫކޮށްފައިވަނީ މިދިޔަ މަހުގެ 8 ވަނަ ދުވަހާ ހަމައަށް މަސްވެރިންނަށް ނުދެވި ހުރި ފައިސާއެވެ. އެ ފައިސާ މިފްކޯ މެދުވެރިކޮށް މިހާރު ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ.

ފައިތުވި ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒު ގިނަގުނަ ވައުދުތަކެއް ވެވަޑައިގެންނެވެ. އެގޮތުން ބޮޑު ކަންނެލި ކިލޯއެއް 85 ރުފިޔާއަށް އުފުލާ، މަސް ކިލޯއެއް 20 ރުފިޔާއަށް ވުރެ ދަށްނުކޮށް ހިފަހައްޓާނެކަމަށް މުއިއްޒު ވަނީ ވައުދު ވެފައެވެ.

ޑރ. މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވުމަ ފާއިތުވެދިޔަ މުއްދަތުގައިވެސް ވަނީ  މަސްވެރިންނަށް ނުދެވި ހުރި 30 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.