މާލޭ ސިޓީގެ މޭޔަރުކަމަށާއި ކައުންސިލްގެ ގޮނޑިތަކަށް ވާދަކުރާ އެމްޑީޕީ ކެނޑިޑޭޓުންގެ ކެމްޕޭން މިރޭ ފަށަނީ

މާލޭ ސިޓީގެ މޭޔަރުކަމަށާއި ކައުންސިލްގެ ގޮނޑިތަކަށް ވާދަކުރާ އެމްޑީޕީ ކެނޑިޑޭޓުންގެ ކެމްޕޭން މިރޭ ފަށަނީ

ގުޅުންހުރި

މާލެ ސިޓީ މޭޔަރ އަދި ކައުންސިލްގެ ހުސްވެފައިވާ 3 ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް މިރޭ ފެށުމަށް ނިންމައިފިއެވެ.

އެމްޑީޕީން ކުރި ޓުވީޓެއްގައިވަނީ ކެމްޕޭން ފެށުމުގެ ދައުވަތު އެޕާޓީގެ ހުރިހާ މެމްބަރުންނަށް ފޮނުވާކަމަށް ބުނެފައެވެ. މިގޮތުން ކެމްޕޭން ފެށުމަށް ބާއްވާ ޖަލްސާ މިރޭ 8:30 ގައި ސޯސަންޖަގަހަ ކުރިމަތީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީގެ މޭޔަރ ޕްރައިމަރީގައި ވާދަކުރާނެ އިތުރު ކެންޑިޑޭޓަކު ނެތުމުން މާލޭގެ މޭޔަރު ކަމަށް ޕްރައިމަރީއަކާ ނުލައި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމަށް ޓިކެޓު ދޭން އެޕާޓީންވަނީ ނިންމާފައެވެ.

އެމްޑީޕީން ބުނެފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ މަގާމުތަކަށް ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައި ވަނީ ކޮންމެ ދާއިރާކުން އެއް ކެންޑިޑޭޓް ކަމަށްވާތީ ޕްރައިމަރީއަކާ ނުލައި ދާއިރާތަކަށް ކުރިމަތިލި ބޭފުޅުންނަށް ޓިކެޓު ދޭން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މާލޭގެ މޭޔަރު ކަމުގެ މަގާމަށް އާޒިމް އެކަނި ކުރިމަތިލައްވާފައިވާތީ އޭނާއަށް ވެސް ވަނީ ޕްރައިމަރީއަކާ ނުލާ އެ ޕާޓީގެ ޓިކެޓް ވަނީ ލިބިފައެވެ.

ޕްރައިމަރީއަކާ ނުލާ ޓިކެޓް ލިބުނު އިތުރު ފަރާތްތައް:

– މެދު ހެންވޭރު ދާއިރާ – އަހުމަދު ރިޝްވާން ރަޝީދު – ހ. ވޭމައުތު / މާލެ
– ހެންވޭރު ދެކުނު ދާއިރާ – ހައްވާ ނިޙްލާ – ހ. ތަރަބޫޒުގެ / މާލެ
– މާފަންނު ދެކުނު ދާއިރާ – އަހުމަދު އިމްރާން – މ. ފަޅުމަތީގެ / މާލެ

މާލޭގެ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ހޯއްދެވި ކާމިޔާބީއާ އެކުގައި މިދިޔަ މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުންނެވެ. ރައީސް މުއިއްޒާ އެކުގައި ސަރުކާރުގެ އެކިއެކި މަގާމުތަކަށް ވަޑައިގަތުމަށް މާލެ ސިޓީ ކައުންސިލްގެ ތިން ކައުންސިލަރުން ވެސް އިސްތިއުފާ ދެއްވާފައިވެއެވެ.

މި ގޮނޑިތަކަށް ބޭފުޅުން އިންތިހާބު ކުރުން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުންޏެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާނެ ބޭފުޅުންގެ ތެރޭގައި ދެން ހިމެނެނީ މިހާރު ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އާއި ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދެވެ.

އާޒިމް ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އެމްޑަބްލިއުއެސްސީ އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކަން ކުރައްވައިފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަން ވެސް ކުރެއްވެވިއެވެ.

މާލޭގެ މޭޔަރު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން ކާމިޔާބު ކުރެވިއްޖެނަމަ މާލެއަކީ ޗާލު ނަލަ ތަނަކަށް ހައްދަވާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ