ބަނގުރާ ކައްކަން ތައްޔާރު ކޮށްފައި ހުރި ތަކެތި އައްޑޫ ސިޓީން އަތުލައިގެންފި

ބަނގުރާ ކައްކަން ތައްޔާރު ކޮށްފައި ހުރި ތަކެތި އައްޑޫ ސިޓީން އަތުލައިގެންފި

Author
ހުސެއިން
06 ޑިސެމްބަރ 2023 06:44
0

އައްޑޫ ސިޓީ ފޭދޫ ގެއެއްގައި ބަނގުރާ އުފައްދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ހިންގައިފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަނުގައި، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ރީނދޫ ކުލައިގެ 6 ހަމާއި، 500 އެމްއެލްގެ 2 ފުޅި އަދި ބަނގުރާ ކައްކަން ބޭނުންކޮށްފައި ހުރި ކަމަށް ބެލެވޭ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ވަނީ ގެނެސްފައެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑިސެމްބަރު 4 ވަނަ ދުވަހު ދަންވަރު 1:18 އެހައިކަންހާއިރު ހިންގި އެ އޮޕަރޭޝަނުގައި، އެތަކެތި ފެނިފައިވަނީ ފޭދޫ ގެއެއްގެ ގޯތިތެރޭގައި ހަދާފައި ހުރި ހަޓެއްގެ ތެރެއިން ކަމަށްވެސް ފުލުހުން ބުނުފައި ވެއެވެ.

މި މައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.