މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް ފާތޭ

މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް ފާތޭ

Author
ހުސެއިން
05 ޑިސެމްބަރ 2023 06:36
0

ފާއިތުވި ތިން ރައީސުންގެ އަރިހުގައިވެސް ރައީސްގެ ސެކްރެޓަރީއެއްގެ ގޮތުގައި ހުންނެވި، ކުރީގެ ރައީސް ސާލިހުގެ އެއްބަޑުއެއްބަފާ ކޮއްކޯފުޅު ފާތިމަތު މުހައްމަދު ސާލިހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް ހަމަޖައްސަވައިފިއެވެ.

މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް ފާތޭ އިއްޔެ އައްޔަންކުރައްވާފައިވާ މަޖިލިސް އިދާރާއިންވެސް ވަނީ ޔަގީން ކޮށްދީފައެވެ.

ފާތޭއަކީ ފާއިތުވި ތިން ރައީސުންގެ އަރިހުގައި ރައީސްގެ ސެކްރެޓަރީއެއްގެ މަގާމް އަދާކުރައްވާފައިވާ ބޭކަނބަލެކެވެ. އެއީ ރައީސް މައުމޫން، ރައީސް ޔާމީން އަދި ރައީސް ސާލިހުގެ ސެކްރެޓަރީއެއްގެ މަގާމެވެ.

އެހެންނަމަވެސް ރައީސް ސާލިހުގެ ވެރިކަން ނިމުމަށްފަހު އޭނާވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ފާތޭ ސަރުކާރަށް ޚިދުމަތް ކުރައްވަން ފައްޓަވާފައިވަނީ މީގެ 37 އަހަރު ކުރިން، 1986ގެ ފެބްރުއަރީގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.