"އެނިމަލް"ގެ ފެށުން ވަރަށް ކާމިޔާބު

"އެނިމަލް"ގެ ފެށުން ވަރަށް ކާމިޔާބު

Author
ފާތިމަތު ނާވީ
04 ޑިސެމްބަރ 2023 09:18
0

މިދިއަ ހުކުރު ދުވަހު ރިލީޒް ކުރި އެކްޓަރު ރަންބީރު ކަޕޫރު ގެ "އެނިމަލް" އަށް ބޮޑު ތަރުހީބެއް ލިބެމުން އެބަ އާދެއެވެ.

މި ފިލްމު މިހާރު ވެފައި ވަނީ މި އަހަރު ނުކުތް ބޮލީވުޑް ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ހޯދި ދެވަނަ ފިލްމަށެވެ. ފުރަތަމަ ފިލްމް އަކީ ސްޕަސްޓާރު ޝާހުރުކް ހާން ގެ "ޖަވާން" އެވެ. "ޖަވާން" އަށް ވަނީ ފުރަތަމަ ދުވަހު 125 ކްރޯޑް ރުޕީސް (81 މިލިއަން ޑޮލަރު) ލިބިފަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ފުރަތަމަ ދުވަހު މި ފިލްމަށް ވަނީ ދުނިޔޭގެ ބޮކްސް އޮފީހުގައި 113 ކްރޯޑް ރުޕީސް (73 މިލިއަން ޑޮލަރު) ލިބިފަ އެވެ. އޭގެ ތެރެއިން 60 ކްރޯޑް ރުޕީސް (39 މިލިއަން ޑޮލަރު) އަކީ ހަމައެކަނި އިންޑިއާގެ ސިނަމާތަކުގައި ދައްކައިގެން މި ފިލްމަށް ލިބުނު އާމްދަނީ އެވެ.

މި ޑާކް އެކްޝަން ތުރިލާ އަކީ 2019 ގެ ކާމިޔާބު ފިލްމު "ކަބީރް ސިންގް" ގެނެސްދިން ސަންދީޕް ރެޑީ ވަންގާ ހަދާފައިވާ އެއްޗެކެވެ. ލީޑުން ރަންބީރު އާއި އެކައި ފެނިގެންދާނީ ސައުތުގެ މަޝްހޫރު ބަތަލާ ރަޝްމިކާ މަންދަނާއެވެ.

މީ ދެތަރިން އެކުގަިއ ފެނިގެންދާނެ ފުރަތަމަ ފިލްމްއެވެ. ފިލްމްގެ ކާސްޓުގައި އަނިލް ކަޕޫރާއި ބޮބީ ޑިއޯލްގެ އިތުރުން ޓްރިޕްތީ ދިމްރީ ވެސް ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.