ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ ޅެން ބައިތަކުން ވާދަވެރިންނަށް ވަރުގަދަ މެސެޖެއް ރޭ ދެއްވައިފިއެވެ.
ޕީއެންސީގެ ރައީސް ކަން ވެސް ކުރައްވާ އަބްދުއްރަހީމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެޔަށް އަމާޒުވެގެން އަންނަ އުންޑަ އާއި ތީރުތަކުން ސަލާމަތްވުމަށް ބިރުން ފިލައިގެންދާނެ މީހަކަށް އޭނާ ނުވާނެ ކަމަށެވެ. އަދި ކަމަކަށް ގޮވާލައިފި ނަމަ، މި ގައުމުގެ އަބުރާއި އިއްޒަތަށްޓަކައި ވެސް އެ ތަނުގައި ހުންނަ މީހަކަށް އޭނާ ވާނެ ކަމަށް ވެސް އެ މެސެޖްގައި އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް އެ ފާހަގަ ކުރެއްވި ޅެން ބައިތަކީ "ގައުމަށްޓަކައި" މި ނަމުގައި ހަދާފައިވާ ލަވައެއްގެ ޅެން ބައިތެވެ.
އަންނާނެ ތީރެއް އުންޑައެއް ފެނިގެން އަމާޒުވެގެން މެޔަށް
ގަންނާކުރެއްވި ބިރުން ފިލަންދާ މީހަކަށް މަ ނުވާނަމޭ
ކަމަކަށް ގޮވާލީމާ މި ގައުމުގެ ޢިއްޒަތާ އަބުރަށްޓަކައި
އަމަށުން ހުރީވިއްޔާ އެތާ އެކަކަށް މަ ވެސް ހުންނާނަމޭ— Abdul Raheem Abdulla (@Banafsaa) December 1, 2023
"އަންނާނެ ތީރެއް އުންޑައެއް ފެނިގެން އަމާޒުވެގެން މެޔަށް ގަންނާކުރެއްވި ބިރުން ފިލަންދާ މީހަކަށް މަ ނުވާނަމޭ. ކަމަކަށް ގޮވާލީމާ މި ގައުމުގެ އިއްޒަތާ އަބުރަށްޓަކައި އަމަށުން ހުރީވިއްޔާ އެތާ އެކަކަށް މަ ވެސް ހުންނާނަމޭ،" މާނަ ފުން އެ މެސެޖްގައި އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް އެގޮތަށް ވިދާޅުވި އިރު، އޭނާއާ އެކުގައި އެންމެ ގާތްކޮށް މިއަދާ ޖެހެން ދެން މަސައްކަތް ކުރެއްވި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފައެވެ. ރައީސް ޔާމީން، ޕީޕީލަސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ނަމުގައި ޕާޓީއެއް އުފައްދަވަން ނިންމެވީ ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕާ ދެމެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ކަމަށްވެއެވެ.
އެ ޕާޓީ އުފެއްދެވުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވަނީ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޖަމީލަށް ބޮޑުބޭބެ ވިދާޅުވީ ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލާއި ރައީސް ޔާމީންގެ ސަރުކާރުގައި ޗީފް އޮފް ސްޓާފް ކަން ކުރެއްވެވި އަހުމަދު މުސްތަފާ އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދާއި ކުރީގެ މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދުލީ އިސްމާއިލެވެ.
ރައީސް ޔާމީންގެ އަރިހުގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި ޕީޕީއެމް/ޕީއެންސީ ފޭރިގަތީ މިހާރު އެ ދެ ޕާޓީގައި އިސްކޮށް ތިއްބެވި ބޭފުޅުންނެވެ. އަދި މިކަމުގެ އެންމެ އަޑީގައި ހުންނެވީ އަބްދުއްރަހީމް ކަމަށް ވެސް އެ ބޭފުޅުން ތުހުމަތު ކުރައްވައެވެ. ރައީސް ޔާމީންގެ އަރިސް ބޭފުޅުން ވިދާޅުވާ ގޮތުން ނަމަ، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންނަށް ވެރިކަން ލިބުމާ އެކު، އެބޭފުޅުން ވަނީ ރައީސް ޔާމީންއާ ދުރަށް ވަޑައިގެންފައެވެ. އަދި ލީޑަޝިޕްގެ ބޭފުޅުން ފޯނު ނުނަންގަވާ އިރު، ޔާމީން ދިރިއުޅުއްވާ ގެކޮޅަށް ބައްދަލު ކުރައްވަން ވެސް ވަޑައިނުގަންނަވާ ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.
އެކަމަކު، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން އެ ވާހަކަތައް ދޮގު ކުރައްވައެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި ސިޔާސީ ކަންކަމުގައި ރައީސް ޔާމީންއާ އެކުގައި އެކަށީގެންވާ ވަރަށް މަޝްވަރާ ކުރެއްވިފައި ވާނެއެވެ. އަދި ޔާމީން އާއި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންނާ މެދުގައި ގުޅުން ނުކެނޑޭ ކަމަށާއި އެބޭފުޅުންނާ ޔާމީންއާ އެއްވެސް މައްސަލައެއް ޖެހެންވީ ސަބަބެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
ޖަމީލާއި މަލީހަކީ "ލާހޫރޭ" ދެ ބޭފުޅުން ކަމަށާއި އެބޭފުޅުން މަސައްކަތް ކުރައްވަނީ ނާޖައިޒު ފައިދާ ނަންގަވައިގެން ސިޔާސީ މަގްސަދުތަކެއް ހާސިލް ކުރައްވަން ކަމަށް އަބްދުއްރަހީމް މީގެކުރިން ވިދާޅުވެފައިވެއެވެ. އަދި އެބޭފުޅުންގެ އެ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
3 Responses
ލިޔެފައ އޮންނަ ޅެންބައިތެއް ނޫނީ ލަވައެއްެވެސް ޕޯސްޓެއްގައި ޖަހާލެވިދާނެ ނަނަވެސް ކޮންމެ އުމުރުފުރައެއްގައި ނަމަވެސް އެދާއިރާއަކުން ކެނޑިއްޖެކަމަށްވާނަމަ ދެން ތިކިޔާ މޭގަނޑު އަށްޑައަކަށްް ކީއްކުރަންތޯ މަގުމައްޗަކަށްވެސް ނުނިކުމެވޭނެ ﷲގެ ވާގިފުޅާއިއެކު މިފަސްއަހަރު ނިމުމުން ތިމޭގަނޑު އަތައްލައިގެން ނިކުމެއްޖެއްޔާއި އަހަރެމެން ބަލާނަން އަތައް މޭގަނޑު ލާންކެރޭވަރެއް އެނގިދާނެތާ
އަންނާނެ ތީރެއް އުންޑައެއް ފެނިގެން އަމާޒުވެގެން މެޔަށް
ގަންނާކުރެއްވި ބިރުން ފިލަންދާ މީހަކަށް މަ ނުވާނަމޭ
ކަމަކަށް ގޮވާލީމާ މި ގައުމުގެ ޢިއްޒަތާ އަބުރަށްޓަކައި
އަމަށުން ހުރީވިއްޔާ އެތާ އެކަކަށް މަ ވެސް ހުންނާނަމޭ
ޅެންބައިތު ވަރަށް ފުރިހަމަ. ނަމަވެސް ވެރިކަން ލިބުނީމަ ދަރިއާ ގޯތި ކުދީންނަށް ވަޒީފާ ދިންގޮތް މުޅި ގައުމު ފޫހިވެއްޖެ!!!