ޑިމޮކްރެޓްސް ޕާޓީގެ އެތެރޭގެ އިންތިޚާބު މިއަދު

ޑިމޮކްރެޓްސް ޕާޓީގެ އެތެރޭގެ އިންތިޚާބު މިއަދު

Author
ހުސެއިން
02 ޑިސެމްބަރ 2023 09:33
0

ރައީސް ނަޝީދު އުފައްދާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީގެ އެތެރޭގެ އިންތިޚާބު މިއަދު ބޭއްވުމަށް ހަމަޖެހިފައިވާކަމުގައި އެޕާޓީން ބުނެފިއެވެ.

މިއަދު ބާއްވާ އިންތިޚާބުގައި އެ ޕާޓީގެ ރައީސްއާއި ނާއިބު ރައީސް އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން 23 މަގާމަކަށްވެސް މިއަދު މެމްބަރުން އިންތިޚާބު ކުރާނެއެވެ. މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.

މިއިންތިޚާބުގެ މާލޭގެ ވޯޓުލުން ކުރިޔަށްދާނީ ބިލަބޮން ސްކޫލުގައެވެ.

މިއިންތިޚާބުގައި ޑިމޮކްރެޓްސް ޕާޓީގެ ރައީސްކަމަށް ވާދަކުރަމުންދަނީ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރުއާއި އެޕާޓީގެ ވަގުތީ ޗެއަރޕާރސަން ހަސަން ލަތީފްއެވެ. މި އިންތިޚާބުގައި ވާދަކުރާ އެޕާޓީގެ މެމްބަރުންވަނީ ރަށްތަކަށް ޒިޔާރަތްކޮށް ފޯރިގަދަ ކެމްޕޭނެއް ކޮށްފައެވެ.

ޑިމޮކްރެޓްސް ޕާޓީއަކީ އެމްޑީޕީއާއި ޚިޔާލު ތަފާތުވެ، ރައީސް ނަޝީދު އިސްވެ ހުންނަވާ އުފެއްދި ޕާޓީއެކެވެ. އެޕާޓީ އުފައްދާފައިވަނީ ފާއިތުވި ޖުލައިމަހު 12 ވަނަ ދުވަހުއެވެ.

އީސީގެ ދަފްތަރުގައި ވާގޮތުން އޮގަސްޓްމަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ޑިމޮކްރެޓްސް ޕާޓީގައި ތިބީ 3،280 މެންބަރުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.