އެޗްއައިވީއަށް ރާއްޖޭގައި 22 މީހަކު ފަރުވާގައި، 15 މީހަކު ނިޔާވެއްޖެ

އެޗްއައިވީއަށް ރާއްޖޭގައި 22 މީހަކު ފަރުވާގައި، 15 މީހަކު ނިޔާވެއްޖެ

ރާއްޖޭގައި 22 މީހަކު މިހާރުވެސް އެޗްއައިވީއަށް ފަރުވާ ހޯދަމުންދާއިރު 15 މީހަކު މި ބަލީގައި ދުނިޔެ ދޫކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްއައިވީ ރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރުއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ އެޗްއައިވީއަށް ދޭ ފަރުވާ ރާއްޖޭގައި ދެމުން އަންނަނީ 2004 ވަނަ އަހަރުން ފެށިގެން ކަމުގައެވެ. ޗްއައިވީ އަށް ދެވޭ ފަރުވާއަކީ އެންޓިރެޓްރޯ ވައިރަލް ޓްރީމަންޓްއެވެ. މިއީ މުޅިން ހިލޭ ދޭ ފަރުވާއެކެވެ.

ފާއިތުވި ޑިސެމްބަރުގެ ނިޔަލަށް ރާއްޖޭގައި އެއިޑްސް ޖެހުނު މީހުންގެ އަދަދަދު ވަނީ 40 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 6 އަންހެނުންނާއި 34 ފިރިހެނުންނެވެ.

އޭގެ އިތުރުން އެޗްއައިވީއިން ރައްކާތެރިވުމަށް ދޭ ފަރުވާވެސް ރާއްޖޭގައި ދެވެއެވެ. އެއީ Pre-exposure prophylaxis or PrEP އެވެ.

އެޗްޕީއޭއިން ބުނެފައިވަނީ އެޗްއައިވީއަށް ޓެސްޓު ކުރުމަކީ މުހިންމު ކަމެއް ކަމުގައެވެ. އަދި ބަލި ނެތްކަން ޔަގީންކަން ހޯދުމުގެ އިތުރުން މި ބައްޔަށް ކުރެވޭ ޓެސްޓުގެ ނަތީޖާ ސިއްރު ކުރުމުގެ ޔަގީންކަންވެސް ދެއެވެ.

ބަލި ފެތުރޭ ގޮތްތައް
  • ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގައިފިނަމަ، އެޗް.އައި.ވީ ޖެހުމުގެ ފުރުސަތު އޮވެއެވެ.
  • ސިރިންޖު ނުވަތަ ކަށި ބޭނުންކޮށްގެން މަސްތުވާ ތަކެތި ބޭނުންކުރާއިރު، އެކަކު ބޭނުންކޮށްފައި ހުންނަ ކަށި ފަދަ ތަކެތި އަނެކަކު ބޭނުންކުރުމުން އެޗްއައިވީ ޖެހުމުގެ ފުރުސަތު ބޮޑުވާނެ އެވެ.
  • އެޗްއައިވީ ޖެހިފައިވާ މަންމަގެ ފަރާތުން، މާބަނޑު ދުވަސްވަރުއާއި ވިހެއުމުގެ ތެރޭގައިނުވަތަ ގާތުން ކިރުދިނުމުން ދަރިފުޅަށް އެޗްއައިވީ ޖެހިދާނެއެވެ.
  • އެޗްއައިވީ ޖެހިފައިވާ މީހެއްގެ ލެޔަށް ހުށަހެޅުން
ބަލި ނުފެތުރޭނެ ގޮތްތައް
  • މަދިރި ހެފުންފަދަ ކަންކަމުން އެކަކު ގައިން އަނެކަކު ގަޔަށް އެޗް.އައި.ވީ ނުފެތުރެއެވެ.
  • އެޗްއައިވީ ޖެހިފައިވާ މީހަކާ އެއް ތަށިން ކެއުން ނުވަތަ އެކުގައި ކެއުމުން އެޗް.އައި.ވީ ނުފެތުރެއެވެ.
  • އެޗްއައިވީ ޖެހިފައިވާ މީހަކު ބޭނުން ކުރާ ފާޚާނާއެއް ބޭނުން ކުރުމުން އެޗް.އައި.ވީ ނުފެތުރެއެވެ.
  • އެޗްއައިވީ ޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ އަންނައުނު ބޭނުން ކުރުމުން އެޗް.އައި.ވީ ނުފެތުރެއެވެ.
އެޗްއައިވީން ރައްކާތެރިވެވޭނެ ގޮތްތައް
  • އެޗްއައިވީ ޖެހިފަ ނުވާ ވަފާތެރި އެއް ބައިވެރިއަކާ އެކު ޖިންސީ ގުޅުން ހިންގުމުން އެޗްއައިވީ ޖެހުމުގެ ފުރުސަތު ކުޑަކުރެވެއެވެ.
  • ޖިންސީ ގުޅުން ހިންގާއިރު ކޮންޑަމް ނުވަތަ ހުރަސް ބޭނުން
  • އެކަކު ބޭނުންކޮށްފަ ހުންނަ ސިރިންޖު / ކަށި ފަދަ ތަކެތި އަނެކަކު ބޭނުން ނުކުރުން
  • ޞިއްޙީ ޚިދުމަތްތެރިންގެ ލަފާގެ މަތިން އެޗް.އައި.ވީ އިން ރައްކާތެރިވުމަށްޓަކައި ދެވޭ ފަރުވާ ކަނޑައެޅިފައިވާގޮތުގެ މަތިން ފުރިހަމަކުރުން

މި އަހަރުގެ އެއިޑްސް ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ"”Let Communities leadމި ޝިއާރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *