ފުލެޓުގެ ކުލަބަދަލު ކުރުމަކުން، ބޯހިޔާވަހިކަމުގެ ވައުދު ފުއްދުނުކަމަށް ނުވާނެ: ޝިޔާމް

ފުލެޓުގެ ކުލަބަދަލު ކުރުމަކުން، ބޯހިޔާވަހިކަމުގެ ވައުދު ފުއްދުނުކަމަށް ނުވާނެ: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
12 ޑިސެމްބަރ 2020 04:22
0

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށް ހުޅުމާލެ ފޭސް ދޭއްގައި އަޅާފައިވާ 7000 ޔުނިޓުގެ ފްލެޓްތަކުގެ ކުލަބަދަކުރުމަކުން މިސަރުކާރުން ރައްޔިތުންނަށް ވެފައިވާ ބޯހިޔާވަހިކަމުގެ ވައުދު ފުއްދިކަމަކަށް ނުވާނެކަ ކަމުގައި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓްގެ ކުލަ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ކުލަ އަށް ބަދަލު ކުރަމުންދާއިރު، ކުލަބަދަލު ކުރަމުންދާ ފޮޓޯތަކެއްވެސް ސޯޝަލް މީޑިޔާގައި ދަނީ ދައުރު ކުރަމުންނެވެ. އަދި ގިނަ ބައެއްގެ ފާޑުކިޔުންވަނީ މިކަމަށް އަމާޒުވެފައެވެ. ފްލެޓްތަކުގެ ކުލަ ބަދަލު ކުރަމުންދާތީ އެކަމަށް ފާޑުވިދާޅުވެ ބައެއް ފަރާތްތަކުން ބުނެފައިވަނީ ކުލަ ބަދަލު ކުރިޔަސް އިމާރާތަށް ބަދަލެއް ނާންނާނެކަމަށެވެ. އަދި އިމަރާތް އަޅާފައިވަނީ މިސަރުކާރުން ކަމަށްވެސް ހެދޭނެ ގޮތެއް ނޯންނާނެކަމަށެވެ.

ފްލެޓްތަކުގެ ކުލަ ބަދަލު ކުރަމުންދާތީ ޝިޔާމް ވިދާޅުވީ ރައީސް ޔާމީން އެޅުއްވި ފްލެޓްތަކުގެ ކުލަ ބަދަލު ކުރިޔަސް ރައީސް ޞާލިހު ވެވަޑައިގެންފައިވާ ބޯހިޔާ ވަހިކަމުގެ ވައުދު ފުއްދުނުކަމަކަށް ނުވާނެކަމަށެވެ. ރައްޔިތުން ބޭނުންވަނީ ކުލަބަދަލުކޮށް ފްލެޓްތަކުގެ ނަން ބަދަލު ކުރުން ނޫންކަަމަށާއި، ރައްޔިތުން ބޭނުންވަނީ ވީހާވެސް އަވަހަކަށް ފްލެޓްތަކަށް ވަނުމަކަމަށް ޝިޔާމް ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އިމާރާތްކުރަން ފަށާފައިވަނީ 7000ޔުނިޓުގެ ޓަވަރުތަކެކެވެ. އެ ހިޔާ ފްލެޓްތަކުގައި ހިމެނޭ 2500 ފްލެޓަކީ ކުރީ ސަރުކާރުގެ މޝްރޫޢުއެއް ނޫންކަމަށް ޠާހާ ވިދާލުވެފައިވާއިރު، 2500 ޔުނިޓުގެ މަސައްކަތް ކުރީ ސަރުކާރުންވަނީ ޗައިނާގެ ސައިނޯހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށް އެމަސައްކަތުގެ އީ.އައި.އޭ ރިޕޯޓުވެސް ނިންމާ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީއިން ޝާއިރުކޮށްފައެވެ.

އެހެންނަމަވެސް މިސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު 2500ޔުނިޓްގެ ޑިޒައިނާއި ސްކޯޕަށް 2019ވަނަ އަހަރުވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ހައުސިންގ މިނިސްޓްރީން ކުރިން ބުނެފައިވަނީ ދެކޮޓަރީގެ އެޕާޓްމަންޓްތަށް ތިންކޮޓަރިއަށް ބަދަލުކުރުމުން 2500 ޔުނިޓް 1700 ޔުނިޓަށް މަދުވެފައިވާކަމަށެވެ.

ހިޔާ ފްލެޓްތައް ލިބުނު މީހުންގެ ފައިނަލް ލިސްޓް މިމަހުގެ ނިޔަަލަށް ޢާންމުކުރާނެކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީންވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.